ފެބުރުއަރީ 7، 2012 ވަނަ ދުވަހު އޭރުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުގައި ހިނގައިދިޔަ ކަންކަމަކީ ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ހިންގި ބަޢާވާތެއްކަމަށް އެމްޑީޕީގެ އޭރުގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ ޕީޕީއެމުން އިސްވެ އޮވެ ބާއްވާ ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް އެމްޑީޕީގެ ރައީސްގެ މަގާމުގައި މިވަގުތާ ހަމައަށް ވެސް ހުންނެވި ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ބައިވެރިވުމާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ. އަދި ރޭގަ އޮތް ޖަލްސާގައި ރައީސް ވަހީދާއި، އުމަރު ނަސީރާއި، ކާނަލް ނާޒިމްވެސް ބައިވެރިވިއެވެ.
ރޭގެ ޖަލްސާއިން ހާމަވެގެން ދިޔަ ކަމަކީ ރައީސް ނަޝީދު 7 ފެބުރުއަރީގައި ރައްޔިތުންނަށް ދިނީ ބޮޑު އަނިޔާއެއް ކަމެށް މޫސާ ވިދާޅުވެއެވެ. މީގެއިތުރައް އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ނަޝީދު ހިންގި އަމަލުތަކަކީ ސީދާ ރައްޔިތުންނަށް އަނިޔާދީ ނަޝީދު އަޑީގައި ހުންނަވައިގެން ހިނގި ބަޣާވާތެއްކަމަށްވެސް ވިދާޅުވެއެވެ.
ކުރީގެ ރައީސް ނަޝީދު 2008 ގައި ވެރިކަމާއި ހަވާލުވެ ވަޑައިގެން ހުންނަވަނިކޮށް 2012 7 ފެބުރުއަރީގައި ހިނގައިދިއަ ހާދިސާގެ ތެރެއިން އެމަނިކުފާނު ވަނީ އިސްތިއުފާދެއްވާފައެވެ. އެގޮތުން އެމްޑީޕީން އެއީ އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި "ބަޣާވާތެއް" ކަމަށް ބުނެފައިއޮތަސް އެ މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދައި ތަހުގީގެއް ހިންގުމަށްފަހު ނިންމާފައި ވަނީ އެ ހާދިސާ އަކީ ބަޣާވާތެއްނޫން ކަމަށެވެ.
ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުންތޯ ބެލުމަށް ކޮމަންވެލްތު އިން ކަނޑައެޅި ބޭފުޅަކު ހިމެނިގެން ރައީސް އުފެއްދި ރިޔާސީ ކޮމިޝަނަކުން ތަޙްޤީޤު ކުރިއެވެ. އަދި ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަމަށާއި އެއީ ބަޣާވާތެއް ނޫން ކަމަށް އެކޮމިޝަނުން ނިންމިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް