ދިރުވާލައިގެން ރާއްޖެއަށް 227 ބުލެޓް މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާންގެ ހަތަރު މީހުންގެ ބަންދުގެ މުއްދަތު 30 ދުވަހަށް ޖަހައިފިއެވެ.
އެމީހުންގެ ބަންދު އަމުރުތަކުގައިވާގޮތުން އެމީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވާ ފާކިސްތާނުގެ 4 މީހުންނަކީ މިސްބާހް ބީބީ އާއި ހަވާރް ހުސައިނާއި ޝަހްޒާދު ހުސެއިނާއި ނައީމް ތޯރިގެވެ.
މީގެ އިތުރަށް މި އެންމެންވެސް ވަނީ ކުށަށް އިއުތިރާފްވެފައިކަންވެސް އެމީހުންގެ ބަންދު އަމުރުތަކުގައިވެއެވެ.
މީގެތެރެއިން މިސްބާހް ބީބީ ބޮޑުކަމު ދިޔައިރު ބަރުދަނުގައި 157 ގްރާމްހުރި 10 ބުލެޓް ވަނީ ވެއްޓިފައެވެ. އަދި ނައީމް ތޯރިގް ބޮޑުކަމު ދިޔައިރު ބޭރުވި 75 ބުލެޓްގެ ބަރުދަނުގައި 909 ގްރާމް ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި އެގޮތުން 36 އަހަރުގެ ހަވާރް ހުސައިން ބޮޑުކަމު ދިޔައިރު 62 ބުލެޓް ވެއްޓިފައިވާއިރު އެތަކެތީގެ ބަރުދަނުގައި 756.3 ގްރާމް ހުއްޓެވެ. އަދި ޝާހްޒާދް ހުސައިން ބޮޑުކަމު ދިޔައިރު ވެއްޓިފައިވާ 80 ބުލެޓްގެ ބަރުދަނުގައި ހުރީ 1.068 ކިލޯކަން ފުލުހުން ބުނެއެވެ.
މިއީ ޖަމާއަތް ހަދައިގެން ކުރަން އުޅުނު ކުށެއް ކަމަށާއި، މި ކަމުގައި ގިނަބަޔަކު ބައިވެރިވެ އަދި މިކަން ކޮށްފައިވާ ގޮތަށް ބަލާއިރު މުޖުތަމައުއަށް ނުރައްކާ އޮތްކަމަށް ބެލެވޭ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް