ކުނި ނުއުފައްދާ ތަންތަނުގެ މައުލޫމާތު ވެމްކޯއާއި ހިއްސާކުރުމަށް ސްޓެލްކޯއިން އެދިއްޖެއެވެ.
ސްޓެލްކޯއިން މިގޮތަށް އެދިފައިވަނީ ކުނީގެ ބިލު ކަރަންޓު ބިލާއި އެއްކޮށްލާފައިވާއިރު އަދި ބިލު ކުރުމުގައި ކަރަންޓު މީޓަރަށް ބަލާއިރު ކުނި ނުއުފައްދާތަންތަނުގެ ކަރަންޓު ބިލަށްވެސް ކުނީގެ ބިލު އިތުރުވާނެތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.
އެގޮތުން ސްޓެލްކޯއިން މިއަދު ބުނީ ކަރަންޓު ބިލުގައި ވެމްކޯގެ ކުނީގެ ހިދުމަތުގެ ބިލު ހިމަނައިގެން ކަސްޓަމަރުންނަށް ފޮނުވުމުގެ އެންމެ ފަހގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށާއި އެގޮތުން ބިލު ކުރެވޭނީ މިހާތަނަސް ލިބިފައިވާ މައުލޫމާތަށް ބަލައި ލިފްޓް/ސާވިސް މީޓަރުތަކުގެ އިތުރުން، ކުނި ނުއުފައްދާ ތަންތަނުގެ ނުހިމަނާ ކަމަށެވެ.
އެހެން ނަމަވެސް އެއްވެސް ސަބަބަކާ ކުރެ އެފަދަ ތަނެއް ހިއްސާ ނުކުރެވި ވާނަމަ އޭގެ މައުލޫމާތު ވެމްކޯއިން އެކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ވެމްކޯއާއި ހިއްސާ ކުރުމަށް ސްޓެލްކޯއިން އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް