މާލޭގައި މާރާމަރީ ހިންގަން އުޅުނު ބަޔަކު ހުއްޓަވައިފި

މާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ފުލުހުން ހުއްޓުވައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާ ހިނގީ ރޭ11:35 ހާއިރު ކަމަށެވެ. މާރާމާރީ ހިންގަން އުޅުނީ މަޖީދީ މަގު ޑައިނަމޯ ކައިރީގައި ...

03 Jun 2023 | 06:58

މާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ފުލުހުން ހުއްޓުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާ ހިނގީ ރޭ11:35 ހާއިރު ކަމަށެވެ. މާރާމާރީ ހިންގަން އުޅުނީ މަޖީދީ މަގު ޑައިނަމޯ ކައިރީގައި ތޫނު ހަތިޔާރު ބޭނުން ކޮށްގެންނެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮއްފައިވާކަމެވެ.

މާރާމާރީގެ ހިންގަން އުޅުނު ބައެއް މީހުން ފިލައިފި ކަމަށް މައުލޫމާތުދެ އެވެ. އެގޮތުން އެތަނުން ދެ މީހަކު ފިލީ އެމީހުން ދުއްވި ސައިކަލް އެތަނަށް ދޫކޮއްލައިފައިކަމަށް ބުނެ އެވެ.

ފުލުހުން ވަނީ އެ ދެ ސައިކަލު ޓޯކޮށްފައި އެވެ.

އަދި ފިލި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަސް ބުނެފައިވެ އެވެ. މި މައްސަލަ ތަހުގީގު ކުރަމުން ދާކަން ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް