ރަސްމީ ދަތުރުފުޅެއްގައި ރައީސް މިއަދު އައްޑޫއަށް ވަޑައިގެންނަވަނީ

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު ...

03 Jun 2023 | 06:38

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ.

މިއުވާން ވިދާޅުވީ މި ދަތުރުފުޅު އެމަނިކުފާނު ކުރައްވާނީ މިއަދުން ފެށިގެން ފަސް ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އަދި އެމަނިކުފާނުގެ މި ދަތުރުފުޅުގައި އައްޑޫސިޓީ މަރަދޫއާއި ހަންކެނޑެ ސަރަހައްދުގެ ބިން އިތުރުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުއާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް އިފްތިތާހުކޮށްދެއްވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި އަރިހުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޝްރީ މުރަލީދަރަން ވެސް ވަޑައިގަންނަވާ ކަމަށް ވަނީ މައުލޫމާތު ލިބިފައިވެއެވެ.

ހަމައެހެންމެ މިނިސްޓަރގެ މި ދަތުރުފުޅުގައި އައްޑޫ ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އަމަލީ މަސައްކަތް ފެށުމާއި އައްޑޫ ބިން ހިއްކުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އެންމެ ފަހުން ރައީސް ރަސްމީ އަދި ނުރަސްމީ ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް ވަޑައިގެންނެވީ މިދިޔަ ޖެނުއަރީ މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް