މިއަދުވެސް ކަނޑާއި ވައި ގަދަވާނެ، ރާއްޖޭގެ ބޮޑު ބައެއް ވައިޓް އެލާޓުގައި

މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ކަނޑާއި ވައި ގަދަވާނެ ކަމަށް މެޓު އޮފީހުން ބުނެފި އެވެ. މެޓް އޮފީހުން ވަނީ ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށް ވައިޓް އެލާޓު ނެރެފައި އެވެ. އެ ލާޓު ނެރެފައިވަނ...

03 Jun 2023 | 06:16

މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ކަނޑާއި ވައި ގަދަވާނެ ކަމަށް މެޓު އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ވަނީ ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށް ވައިޓް އެލާޓު ނެރެފައި އެވެ. އެ ލާޓު ނެރެފައިވަނީ 8:30 ން މެންދުރު 2:30 އަށެވެ.

މެޓުން ލަފާ ކުރާ ގޮތުގައި އެ ސަރަހައްދަށް އާންމު ގޮތެއްގައި ވައި ޖެހޭނީ 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. ވިލާގަނޑުގައި40 މޭލަށް ވައި ގަދަވާނެ އެވެ.

އެ ސަރަހައްދުގެ ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް