ރައީސް ނަޝީދުގެ އެހީތެރިކަމާއެކު ލަންކާގެ ހާލަތު އަންނަނީ ރަނގަޅުވަމުން !

އަވަށްޓެރި ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ވަޅުގަނޑުން އަރައިގަތުމަށް ހާއްސަ އެޑްވައިޒަރެއްގެ ގޮތުގައި ރާއްޖޭގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހަމަޖައްސައި ކުރިއަށްގެންދާ ހަރަކާތްތަކުނ...

03 Jun 2022 | 14:34

އަވަށްޓެރި ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ވަޅުގަނޑުން އަރައިގަތުމަށް ހާއްސަ އެޑްވައިޒަރެއްގެ ގޮތުގައި ރާއްޖޭގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހަމަޖައްސައި ކުރިއަށްގެންދާ ހަރަކާތްތަކުން ރަނގަޅު އަލިމަގެއް ފެނި ހާލަތު ރަނގަޅުވަމުން އަންނަކަން އެ ގައުމުގެ އައު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ފާހަގަކުރައްވައިފިއެވެ.

އެގޮތުން ރަނިލް ވިދާޅުވެފައިވަނީ ފައިނޭންޝަލް އަދި ލީގަލް އެޑްވައިޒަރުން އައްޔަންކޮށް ފެށި މަސައްކަތުން ގައުމުގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ބައިނަލްއަގްވާމީ އެހީ ހޯދުމުގެ މަސައްކަތް ލީޑުކުރައްވަނީ ރައީސް ނަޝީދުކަންވެސް ރަނިލް ފާހަގަކުރެއްވިއެވެ.

އެގޮތުން ޖަޕާނާއެކު އެއްބަސްވުމަަކަށް އައުމުގެ މަސައްކަތް ކުރަމުން އަންނައިރު އެކަން ކާމިޔާބުވުމުންވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން ރަނިލް ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ ހާލަތުން އަރައިގަތުމަށް އަމާޒަކީ ހަ ބިލިޔަން ޑޮލަރުކަމުގައިވެސް ރަނިލް ފާހަގަކުރެއްވިއެވެ. އެއީ ލޯނުތައް ދެއްކުމަށް ފަސް ބިލިޔަން ޑޮލަރު، ގައުމުގެ އާއްމު ހާލަތު ރަނގަޅު ކުރުމަށް އެއް ބިލިޔަން ޑޮލަރެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއެކުވެސް މަޝްވަރާތަަށް ކުރިއަށްދާއިރު ގައުމުގެ ހާލަތު މިހާ ގޯސްވީ ކުރީ ސަރުކާރުން އެޅި ދޯހަޅި ފިޔަވަޅުތަކުގެ ސަބަބުންކަން ރަނިލް ވަނީ ފާހަގަކުރައްވާފައެެވެ.

އެގޮތުން ދަނޑުވެރިކަމުގައި ކެމިކަލް އެކުލެވޭ ގަސްކާނާ ބޭނުންކުރުން އެއްކޮށް މަނާކޮށްލުމަކީ ދަނޑުވެރިކަން ގައުމުން އެކުގައިހެން ހުއްޓުނު ކަމެއްކަން ރަނިލް ފާހަގަކުރެއްވިއެވެ. އަދި ކޮވިޑުގެ ހާލަތު މެނޭޖްކުރަން ނޭނގުމަކީވެސް ގައުމު އެ ހާލަތަށް ވެއްޓެން މެދުވެރިވި ސަބަބެއްކަން ރަނިލް ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް