އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓުތައް ގާއިމްކުރުމަށް ތިން ސްކޫލަކަށް އިންޑިއާގެ އެހީ

އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓު ގާއިމުކުރުމަށް ރާއްޖޭގެ ތިން ސްކޫލަކަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މި އެހީތެރިކަން ފޯރުކޮށްދެނީ ހއ. ދިއްދޫގައި ހިންގަމުން އަންނަ ހއ. އަތޮޅު ތައ...

03 Jun 2022 | 14:17

އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓު ގާއިމުކުރުމަށް ރާއްޖޭގެ ތިން ސްކޫލަކަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި އެހީތެރިކަން ފޯރުކޮށްދެނީ ހއ. ދިއްދޫގައި ހިންގަމުން އަންނަ ހއ. އަތޮޅު ތައުލީމީ މަރުކަޒާއި، ގދ. ތިނަދޫ އަބޫބަކުރު ސްކޫލާއި، ލ. ގަމުގައި ހިންގަމުން އަންނަ އިހައްދޫ ސްކޫލަށެވެ. މި ތިން ސްކޫލަށް 4.6  މިލިޔަން ރުފިޔާގެ ހިލޭ އެހީ ވަނީ ހަމަޖައްސާފައެވެ.

މިކަން އިފްތިތާހް ކުރުުމުގެ ރަސްމިއްޔާތު އިއްޔެ ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި ވަނީ ބާއްވާފައެވެ.

މި ތިން ސްކޫލްގައި އައި.އީ.އެސް ޔުނިޓްތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި، މި މަޝްރޫޢުގެ ސްކޯޕްގައި، ވަށާޖެހޭ ހަތަރު ވިސްނުމެއް ގެންގުޅެއެވެ.

އެއީ:

  • އިންސާނީ ވަސީލަތްތައް
  • ބޭނުންވާ އިންފްރާސްޓްރަކްޗަރ އާރާސްތުކޮށް ތަރައްޤީކުރުން
  • ބޭނުންވާ ތަކެތި ހޯދުން
  • އުނގަންނައިދިނުމާއި ކިޔަވައި ދިނުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުން

އިންޑިއާއިން ބުނެފައިވާގޮތުގައި މުޅި ތައުލީމީ ނިޒާމުގައި އިކުއިޓީ އާއި އެކްސެސިބިލިޓީގެ ބައިތައް ގެނެސްދޭ މި މަޝްރޫއަށް އެއްބާރުލުން ދިނުމަކީ އިންޑިއާއަށް ލިބޭ ފަޚުރެކެވެ.

ތަޢުލީމީ ތަރައްޤީއަށް އެހީތެރިވެދޭ އަދި ކުޑަކުދިންގެ ދިރިއުޅުމަށް ކޮލިޓޭޓިވް ބަދަލެއް ގެނައުމަށް އެހީތެރިވެދޭ މަޝްރޫޢުތަކަކީ، އިންޑިޔާއިން ރާއްޖެއަށް ވެދޭ ތަރައްޤީގެ އެހީގެ މައިގަނޑު ދާއިރާއެވެ. މީގެ ތެރޭގައި ފެހެންދޫ-ގޮއިދޫ ސްޓޫޑެންޓް ފެރީ ހަދިޔާކުރުމާއި، ރާއްޖޭގެ 67 ރަށެއްގައި ކުޑަކުދިންގެ ޕާކު ޤާއިމްކުރުމަށް ބޭނުންވާ ސާމާނު ހަދިޔާކުރުމާއި، 'ފިޔަވަތި - ހޯމް ފޮރ ވަލްނަރަބަލް ޗިލްޑްރަންސް' މަރާމާތުކުރުމާއި، ފުވައްމުލަކާއި ކުޅުދުއްފުށީގައި އީ.އެސް ސަޕޯޓް ޔުނިޓްތައް ހަރުދަނާކުރުމާއި، ޅޮހި އަދި ކިނޮޅަހު ސްކޫލްގައި ކްލާސްރޫމްތައް އެޅުމުގެ މަސައްކަތް ހިމެނެއެވެ. މިއިން ކޮންމެ މަޝްރޫޢަކީވެސް ކުޑަކުދިންނަށް ވަރަށް ބޮޑަށް ބޭނުންވާ މަޝްރޫޢުތަކެކެވެ.

އިންޑިއާގެ 260 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި 45 އަށްވުރެ ގިނަ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ދަނީ ހިންގަމުންނެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 20 ވަރަކަށް މަޝްރޫއު ނިންމާ އިފްތިތާހު ކޮށްފައިވެއެވެ.

ރަށްރަށުގެ މުޖުތަމަޢުތަކުގެ ބޭނުންތަކަށް ބިނާކޮށް ހިންގޭ މި މަޝްރޫޢުތަކަކީ، އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮންނަ ހަރުދަނާ ތަރައްޤީގެ ޕާޓްނަރޝިޕްގެ މުހިންމު ތަޞައްވުރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް