އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހއ. ވަށަފަރު ގޮނޑިއެއް ޕީޕީއެމްއަށް ލިބިއްޖެއެވެ.
ޑަބްލިއުޑީސީގެ ގޮނޑިއެއް ޕީޕީއެމަށް ލިބިފައިމިވަނީ އެ ގޮނޑީގެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު އެ ގޮނޑިއަށް އެންމެ ކެނޑިޑޭޓަކު ފިޔަވައި އިތުރު ކެނޑިޑޭޓަކު ކުރިމަތިލާފައިނުވާތީއެވެ.
މި ގޮނޑި ލިބިފައިމިވަނީ ޕީޕީއެމްގެ ފަރާތުން އެ ގޮނޑިއަށް ވާދަކުރި ޒުހާ އިބްރާހިމަށެވެ.
މި ބައި އިލެކްޝަން އިލެކްޝަންސް ކޮމިޝަނުން ބާއްވަން އޮތީ އަންނަ މަހުގެ ދެވަނަ ދުވަހުގައެވެ.
ބައި އިލެކްޝަނެއްގައި ވާދަކުރާނެ ކެނޑިޑޭޓަކު ނުވެ އޮޓޯއިން ޑަބްލިއުޑީސީގެ ގޮނޑިއެއް ޕީޕީއެމަށް ލިބިފައިވާއިރު މިފަހުން ބައެއް އިންތިހާބުތައް ޕީޕީއެމުން އަންނަނީ ކާމިޔާބު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް