ތިން އިރަށް ކަޕް ނޫޑްސް ނޫން އެއްޗެއް ކާން ނުދޭތީ އަނބިމީހާ ވަރިކޮށްލައިފި

އިންޑިއާގައި އަތްންބަކަށް ކަޕް ނޫޑްސް ނޫން އެހެން އެއްޗެއް ކައްކަން ނޭނގޭތީ ކައިވެނި ނިމުމަކަށް ގެނެސްފިއެވެ. ތަފާތު މި ހާދިސާ ހިނގާފައިވަނީ މައިސޫރުގައި ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. މިކަން ހާމަކުރީ ...

03 Jun 2022 | 10:14

އިންޑިއާގައި އަތްންބަކަށް ކަޕް ނޫޑްސް ނޫން އެހެން އެއްޗެއް ކައްކަން ނޭނގޭތީ ކައިވެނި ނިމުމަކަށް ގެނެސްފިއެވެ.

ތަފާތު މި ހާދިސާ ހިނގާފައިވަނީ މައިސޫރުގައި ނިމިދިޔަ ހަފްތާގެ ތެރޭގައެވެ.

މިކަން ހާމަކުރީ އެ ސަރަހައްދުގެ ގާޒީއެކެވެ.

މިކަން ހާމަކުރަމުން އޭނާ ބުނެފައިވަނީ ޒާތްޒާތުގެ ކަންކަމުގެ ވަރީގެ ކޭސްތައް ފައިލްކުރާއިރު މިފަދަ ތަފާތު ކޭސްއެއް ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

އެ އަންހެންމީހާގެ ފިރިީހާ، އަންހެން މީހާ ވަރިކުރުމަށް ކޯޓަށް ހުށަހެޅީ ހެނދުނުގެ ނާސްތާއަށާއި މެންދުރުގެ ކެއުމަށާއި ރޭގަނޑުގެ ނާސްތާއަށްވެސް ކަޕް ނޫޑްލްސް ދޭތީ ކެތް ނުކުރެވިގެންކަމަށް ބުނެއެވެ.

ބަދިގެއަށް ބޭނުންވާ ސާމާނު ގަންނަން ބާޒާރަށް ފޮނުވުމުުންވެސް މެގީ ބްރޭންޑްގެ ކަޕް ނޫޑްސް ނޫން އެއްޗެއް އަނބިމީހާ ނުގަންނަ ކަމަށާއި ކަޕް ނޫޑްސް ކާތާ އެތައް ދުވަހެއް ވެފައިވާކަމަށްވެސް ކޯޓު ކޭސްގައި ބުނެފައިވެއެވެ. ކޯޓުން ވަނީ އެ ކައިވެނި ނިމުމަކަށް ގެނެސްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް