އެޖެންޓެއްގެ މެދުވެރިވުމެއްނެތި ހަމަ ކޮންމެ މީހަކަށްވެސް އުމްރާ ވިސާ ލިބޭނެހެން އިންތިޒާމު ދޫކޮށްލައިފި

ސައުދީ އަރަބިއްޔާ ނޫން އެހެން ގަައުމުތަކުގެ ރައްޔިތުންނަށްވެސް އަމިއްލައަށް އުމްރާ ވިސާއަށް އެދެވޭނެ އިންތިޒާމެއް ހަދައި އެކަން ސައުދީއިން އިއުލާނުކޮށްފިއެވެ. މިކަން ސައުދީން އިއުލާނުކުރީ އިއްޔެ އެކަމ...

03 Jun 2022 | 09:52

ސައުދީ އަރަބިއްޔާ ނޫން އެހެން ގަައުމުތަކުގެ ރައްޔިތުންނަށްވެސް އަމިއްލައަށް އުމްރާ ވިސާއަށް އެދެވޭނެ އިންތިޒާމެއް ހަދައި އެކަން ސައުދީއިން އިއުލާނުކޮށްފިއެވެ.

މިކަން ސައުދީން އިއުލާނުކުރީ އިއްޔެ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި އެ ގައުމުގެ ހަޖް އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީޤް އަލް-ރާބިއާ އެވެ.

މި އިންތިޒާމު ތައާރަފްކުރުމަށްފަހު އޭނާ ބުނެފައިވަނީ މިހާރު އުމްރާ ވިސާއަށް އެދުމުން 24 ގަޑިއިރުގެ ތެރޭގައި ވިސާ ލިބޭނެ ކަމަށެވެ.

https://twitter.com/Saudi_Gazette/status/1532382408514883585?ref_src=twsrc%5Etfw

މި އިންތިޒާމު ސައުދީން މިފަދަ ގޮތަކަށް ދޫކޮށްލާފައިމިވަނީ އެ ގައުގެ ތަރައްގީއަށް ގެންގުޅޭ "ވިޒަން 2030" ގެ ދަށުންނެވެ. އަމާޒަކީ މި އާ ސިސްޓަމްގެ ދަށުން ގިނަ ބަޔަކަށް އުމްރާ ކުރުމުގެ ފުރުސަތު ލިބިގެންދިއުން ކަމުގައި ސައުދީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް