އިންޑީއާގެ ލަވަކިޔުންތެރިޔާ ކްރިޝްނަކުމާރު ކުންނާ (ކޭކޭ) އަށް އަވަސް ފަރުވާ ދެނުނު ނަމަ އޭނާގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށް ޑޮކްޓަރުން ބުނެފި އެވެ.
އުމުރުން53 އަހަރުގައި ކޭކޭ މަރުވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާއަށް ހާޓްއެޓޭކު ޖެހުނީ ވެސްޓް ބެންގޯލްގެ ވެރިރަށް ކަލްކަތާގައި ޝޯއެއް ދިނުމަށް ފަހު ހޮޓަލަށް ދިޔަތަނާ އެވެ.
އެގަޑީގައި ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އޭރު ކޭކޭ އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ބުނެ އެވެ. މި މައްސަލައިގަ ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ކޭކޭ އޮޓޮޕްސީވެސް ހަދާފައިވެ އެވެ.
އިތުރު އާ ކަމެއް ފާހަގަ ވެފައި ނުވާއިރު ކޭކޭގެ ހަށިގަނޑުގެ ޓެސްޓުތައް ހެދި ޑޮކްޓަރުންގެ ޓީމަުގައި ހިމެނޭ ޑޮކްޓަރަކު ވަނީ ހޯދުނު މައުލޫމާތު ތަކާއި ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ ކަލްކަތާއަށް ޝޯ ދޭން ދިޔަ ދުވަހު މެއަށް ތައުވާ ކަމަށް ބުނެ އަނބިމީހާ ގާތުގައި ވާހަކަ ދައްކާފައިވާ ކަމަށެވެ.
އެކަމަކު ދެމަފިރިންވެސް އެއީ ކަމަކަށް ނުހެދީ ހަޖަމު ކުރުމުގައި ކޭކޭއަށް ދިމާވާ މައްސަލައިގެ ކަމެއް ކަމަށް ބަލާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ކަލްކަތާގައި ޝޯ ދިން ގަޑީގައި ކޭކޭގެ ހިތުގެ 80 ޕަސެންޓު ވަނީ ބެދިފައި ކަމަށް ރިޕޯޓުތަކުން އެނގޭ ކަމަށާއި ބާކީ 20 ޕަސެންޓު ހުއްޓުނީ ޝޯގައި ސަޕޯޓަރުން އަޑޫ ގަދަވުމާއި އެތަން ފުރި ބާރުވެފައި އޮތުމުގެ ސަބަބުން ބެލެވޭ ކަމަށެވެ.
އެހެން ކަމުން އޭނާގެ މެއަށް ތަދުވާަ ކަމަށް އެއް ދުވަސް ކުރިން ފެށީގެން ކިޔަން ފަށާފައިވަނީ ހިތުގައި ބްލޮކެއް އުޅޭތީ ކަމަށް ޑޮކްޓަރު ބުނެފައިވެ އެވެ. ޑޮކްޓަރު ބުނީ މެއަށް ތަދުވުން އެއީ އާދައިގެ ކަމަކަށް ނުހަދާ ފާރުވާ ހޯދުނު ނަމަ އޭނާގެ ފުރާނަ ސަލާމާތް ވުމުގެ ޗާންސް ބޮޑު ކަމަށެވެ.
ކޭކޭ ވަނީ ހިންދީ، ޓަމިލް، ކަންނާޑާ، ޓެލަގޫ އަދި ބެންގޯލީ، މަރާތީ، މަލަޔާލަމް ފަދަ އިންޑިއާގެ ބޮޑެތި ސްޓޭޓްތަކުގައި ވާހަކަދައްކާ ހުރިހާ ބަހަކުންހެން ލަވަކިޔާފަ އެވެ.
މަރުވި އިރު އޭނާގެ އަންބަކާއި ދެ ދަރިން އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް