ޕާޓީތަކަށް ގަވާއިދާ ހިލާފަށް މީހުން ވައްދާ މައްސަލައިގާ އިލެކްޝަންސްގެ އިންޒާރެއް !

ސިޔާސީ ޕާޓީތަކަަށް ގަވާއިދާ ހިލާފަށް ވައްދާ މައްސަލައިގާ ވަރުގަދަ އިންޒާރެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ޕާޓީއެއްގެ މެންބަރުކަމަށް ގަވާއިދ...

03 Jun 2022 | 06:49

ސިޔާސީ ޕާޓީތަކަަށް ގަވާއިދާ ހިލާފަށް ވައްދާ މައްސަލައިގާ ވަރުގަދަ އިންޒާރެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ޕާޓީއެއްގެ މެންބަރުކަމަށް ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާނަމަ އެކަމުގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިކަމަށާއި އެފަދަ ކޮންމެ ޝަކުވާއެއް ބެލުމަށްފަހު އެކަންކުރި ފަރާތަކާމެދު އެއްވެސް އިސްތިސްނާއެއް ނެތި ގާނޫނީ ފިޔަވަޅު އެޅުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

https://twitter.com/ElectionsMv/status/1532379096470425601

އިލެކްޝަންސް ކޮމިޝަނުން މިފަދަ އިންޒާރެއް ދީފައިވާއިރު ޕާޓީތަކުގައި ތިބޭ މެންބަރުން، އެ މެންބަރުންނަށް ނޭނގި އެކި ޕާޓީތަކަށް ވައްދާ މައްސަލަ މި ފަހަކަށްއައިސް ވަނީ ވަރަށް ބޮޑުވެފައެވެ. މި މައްސަލައަށް ހައްލެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ކުރިންވެސް އީސީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް