ށ. ފޭދޫގައި އަނބިމީހާގެ ބަނޑަށް ވަޅި ހެރި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތުދެއްވިގޮތުގައި ރޭގެ ވަގުތެއްގައި މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ ފިރިހެނެކެވެ.
ދުވަހަށް މައުލޫމާތު ލިބިފައިފައިވާގޮތުގައި އުމުރުން 32 އަހަރުގެ އަނބިމީހާއަށް 37 އަހަރުގެ ފިރިމީހާ، ވަޅިއަކުން އަނބިމީހާގެ ބަނޑަށް ހަމަލާދިނީ ހިނގި ޒުވާބެއްގެ ތެރެއިންނެވެ.
ޒަހަމްވި އަންހެން މީހާއަށް ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާއިރު އެ އަންހެން މީހާ ބަނޑަށް މާ ފުންކޮށް ވަޅި ހެރިފައިނުވާކަމަށް މައުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް