މާލެއިން އަދަދު ދަށް ނަމަވެސް ޖުމުލަ ފައްސިވި އަދަދު 648 އަށް

ކޮވިޑްގައި މާލެއިން ފައްސިވި އަދަދު ދަށް ނަމަވެސް ޖުމުލަ ފައްސިވި އަދަދު 648 އަށް އަރައިފިއެވެ. މިދިޔަ މަހުގެ ފަހުކޮޅު މާލެއިން ފައްސިވާ މީހުންގެ އަދަދު ހާހަށްވެސް އެރިއެވެ. ނަމަވެސް މިހާރު އެ އަދަދު ...

03 Jun 2021 | 17:07

ކޮވިޑްގައި މާލެއިން ފައްސިވި އަދަދު ދަށް ނަމަވެސް ޖުމުލަ ފައްސިވި އަދަދު 648 އަށް އަރައިފިއެވެ.

މިދިޔަ މަހުގެ ފަހުކޮޅު މާލެއިން ފައްސިވާ މީހުންގެ އަދަދު ހާހަށްވެސް އެރިއެވެ. ނަމަވެސް މިހާރު އެ އަދަދު މިވަނީ ކޮންމެވެސް ވަރަކަށް މަދުވެފައެވެ.

އެގޮތުން މިއަދު މާލެ ސަރަހައްދުން ފައްސިވެފައި ވަނީ349 މީހުންނެވެ. އަދި އަތޮޅުތަކުން270 މީހުން ފައްސިވެފައި ވާއިރު، ރިސޯޓްތަކުން13 މީހަކާއި ހަދަމުންދާ ރަށްތަކުން 16 މީހަކު ފައްސިވެފައިވެއެވެ.

ވޭދުވެތިޔަ14 ގަޑިއިރު3،832 ސާމްޕަލް ޓެސްޓުކުރެވިފައި ވާއިރު، އޭގެ ތެރެއިން ފައްސިވެފައި ވަނީ648 ސާމްޕަލްއެވެ.

މިވަގުތު ރާއްޖޭގައި22،475 މީހުން ކޮވިޑަށް ފަރުވާކުރަމުން ދާއިރު، އޭގެ ތެރެއިން213 މީހުނަށް ފަރުވާކުރަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން43،959 މީހުން މިބަލިން ރަނގަޅުވެފައި ވާއިރު،173 މީހަކު ވަނީ މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން 66،516 މީހަކު ކޮވިޑަށް ފައްސިވެފައިވެއެވެ،

ތަފްސީލު އަންނަނީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް