ގުޅިފަޅު ބިންހިއްކުމާއި އިތުރު މަސައްކަތްތައް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި 2021 ޖޫން 2ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށް، އެ މަޝްހޫޢު ހިންގަމުންދާ އެމްޓީސީސީއިން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން، 80،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 380 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
55 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ އަގަކީ 8.94 މިލިއަން ރުފިޔާއެވެ.
ގުޅިފަޅު ހިއްކުމަށްފަހު އެތަނުން މާލޭ ރައްޔިތުންނަށް 1200 ބިން ދޫކުރަން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިދިޔަ އަހަރު ވިދާޅުވެފައި ވެއެވެ.
އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ތެރޭގައި ބޯހިޔާވަހި ކަމަށް ބޭނުންވެފައި ތިބި ކަމަށް ބެލެވޭ ގާތްގަނޑަކަށް 5،000 އާއިލާ އުޅޭނެ ކަމަށެވެ.
އެއީ މާލޭގައި ހާލުގައި ދިރިއުޅެމުންދާ ބައެއް ކަމަށާއި އެމީހުންނަށް ގުޅިފަޅުން ގޯތި ހަމަޖައްސަވާނެ ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް