އިންޑިޔާގައި ބޭއްވި ކައިވެނި ހަފްލާއެއްގައި، ކައިވެނި ކުރަން ތައްޔާރުވެގެނެ ހުރި އަންހެން މީހާ ނިޔާވުުމުން، އަންހެންމީހާގެ ކޮއްކޮއާ އާ ފިރިހެން މީހާ ކައިވެނި ކޮށްފިއެވެ.
މަނޮޖް ކުމާރުއާއި ސުރަބްހީ ކައިވެނި ކުރަން އޮތް ހަފްލާގެ ތެރޭގައި ސުރަބްހީ އަނބުރައިގަނެގެން ވެއްޓި ނިޔާވިއެވެ. އެވަގުތު އެތަނުގައި ހުރި ޑޮކްޓަރެއް ވަނީ އޭނާ ނިޔާވެފައިވާކަން ކަށަވަރު ކޮށްދީފައެވެ.
އެހިސާބުންވެސް އެ ހަފްލާ ނިންމާލުމުގެ ބަދަލުގައި ދެ އާއިލާއިންވެސް ނިންމާ ސުރަބްހީގެ ކޮއްކޮ ނިޝާއާ ކުމާރު ކައިވެނި ކުރުވުމަށެވެ.
އެވަގުތު ހަދާނެ ގޮތެއް ނޭނގި، ދެ އާއިލާއިން އިތުރަށް މަޝްވަރާ ކުރިއެވެ. އަދި އެ މަޝްވަރާގެ އެކަކު ފާޅުކުރި ޚިޔާލުގެ މައްޗަށް ނިންމުނީ އެ ކައިވެނި ނިޝާ އާ ކުރުމަށެވެ.
އެކަން އެގޮތަށް ކޮށްފައިވަނީ ދެފަރާތުގެ އާއިލާއިންވެސް އެއްބަސްވުމަކަށް އައުމަށްފަހުގައެވެ.
އެއްބަސްވި ފަދައިން ކުމާރު އާއި ނިޝާގެ ކައިވެނީގެ ކަންކަން ކުރިއަށް ދިޔަ ވަގުތު ސުރަބްހީގެ ހަށިގަނޑު ބާއްވާފައި އޮތޯ ގޭގެ ކޮޓަރިއެއްގެ ތެރޭގައެވެ.
ސުރަބްހީގެ އާއިލާއަށް ވަނީ އެކުވި އިހުސާސްތަކަކާ ކުރިމަތިލާން ޖެހިފައިކަމަށް ނިޝާ އަދި ސުރަބްހީގެ ބޭބެ ބުނެއެވެ. ސަބަބަކީ އެއް ކޮއްކޮގެ މަރުގެ ހިތާމަ އާއި އަނެއް ކޮއްކޮގެ ކައިވެނި އެކުވުމުންކަމަށް އޭނާ ފާހަގަ ކުރެއެވެ.
އެކަމާ ގުޅިގެން މީސް މީޑިޔާގައި އެ އާއިލާއަށް ވަނީ އެކި މީހުން ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން، މީހެއް މަރުވުމުން އެއަށްވުރެ ބޮޑަށް ކައިވެނީގެ ކަންކަން މުހިންމީތޯ އާއި ނިޔާވި މީހާއަށް ކޮންމެވެސް ވަރެއްގެ އިޙުތިރާމެއް ކުރަން ޖެހޭކަމަށް ޓުވިޓާގައި އެ ޚަބަރަށް ފާޑުކީ މީހަކު ބުނެފައި ވެއެވެ.
އޭގެ އިތުރުން، ނިޝާގެ ރުހުން ހޯދާފައި ވޭތޯ އާއި، ކައިވެންޏަކީ ލޯބިވެގެން ކުރާ ކަމެއް ނޫންތާ ވެސް މީހަކު ސުވާލު އުފައްދާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް