ހުޅުމާލޭގައި މާލެ ސިޓީ ކައުންސިލް އިދާރާގެ ޔުނިޓެއް ހަމަޖައްސަނީ

ހުޅުމާލޭގައި މާލެ ސިޓީ ކައުންސިލް އިދާރާގެ ޙިދުމަތްތަށް ދިނުމަށާއި އިދާރީ އޮފީސް ހިންގުމަށް ޔުނިޓެއް ހަމަޖެއްސުމަށް މިއަދު ވަނީ މާލޭ ސިޓީ ކައުންސިލާއި ހައުސިންގް ޑިވިލޮޕްމަންޓް ކޯޕަރޭޝަނާއި ދެމެދު އެއ...

03 Jun 2021 | 11:43

ހުޅުމާލޭގައި މާލެ ސިޓީ ކައުންސިލް އިދާރާގެ ޙިދުމަތްތަށް ދިނުމަށާއި އިދާރީ އޮފީސް ހިންގުމަށް ޔުނިޓެއް ހަމަޖެއްސުމަށް މިއަދު ވަނީ މާލޭ ސިޓީ ކައުންސިލާއި ހައުސިންގް ޑިވިލޮޕްމަންޓް ކޯޕަރޭޝަނާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ.

މި އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ މާލެ ސިޓީގެ މެޔަރ ޑރ.މުހައްމަދު މުއިއްޒުއެވެ. އަދި ހައުސިންގް ޑިވިލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރައްވާފައި ވަނީ، އެ ކުންފުނީގެ މެނޭޖިންގެ ޑިރެކްޓަރ ސުހައިލް އަޙުމަދެވެ.

މި އެއްބަސްވުމުގެ ދަށުން އެޑްމިނިސްޓްރޭޓިވް އޮފީސް ސްޕޭސްގެ ގޮތުގައި ހުޅުމާލެ އަމީން އެވެނިއު މޭޕަލް ޓަވަރުގެ ޔުނިޓް (އޭ.އެމް-1-05) ސިޓީ ކައުންސިލްގެ ޙިދުމަތްތަށް ފޯރުކޮށްދިނުމަށް ވަނީ ކަނޑައެޅިފައެވެ. މީގެ ސަބަބުން އަލަށް އެކުލަވާލެވުނު ކައުންސިލާއި ޤާނޫނަށް ގެނެވެނު ބަދަލުތަކާއި އެކު ދެފަރާތުން ގުޅިގެން ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރުމަށް ގިނަ ފަސޭހަތަކެއް ދެ ވުޒާރާއަށާއި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ޤަަބޫލުކުރާކަމަށް އެޗްޑީސީއިން ބުނެއެވެ.

އަދި ރައްޔިތުންނާއި ޙާއްސަކޮށް ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ލިބެންޖެހޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ކުރިމަގުގައިވެސް އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލް އާއި އެކު ގުޅިގެން ކުރެެެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރަށް އޮތް ކަމަށް އެޗްޑީސީއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް