ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަހަށް ދިގުދަންމާލައިފި

ކޮވިޑާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަަސްދުވަހުގެ މުއްދަތަށް ދިގުދަންމާލައިފިއެވެ. އެގޮތުން މިކަން ހާމަކޮށްފައިވަނީ ހެލްތު މިނިސްޓަރު އަހްމަދު...

03 Jun 2021 | 11:22

ކޮވިޑާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަަސްދުވަހުގެ މުއްދަތަށް ދިގުދަންމާލައިފިއެވެ.

އެގޮތުން މިކަން ހާމަކޮށްފައިވަނީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރައްވާ ނެރުއްވާފައިވާ އެންގެވުމެއްގައެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން 12 މާރިޗް 2020 ގައި އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރު އެއް މަސްދުވަހަށް ދިގުދަންމާލާފައިވާއިރު ކޮވިޑުގެ ހާލަތު މިހާރު ރާއްޖޭގައި މިވަނީ ވަރަށް ގޯސްވެފައެވެ.

172 މީހަކު މި ބަލީގައި ނިޔާވެފައިވާއިރު ދުވާލަކު ހާހަކާއި ގާތްކުރާ އަދަދަކަށް މީހުން އަންނަނީ ޕޮޒިޓިވް ވަމުންނެވެ. ކުޑަކުދިންނަށްވެސް ބަލީގެ ނުރައްކާ އޮތްކަން ޕޮޒިޓިވް ވާ ރޭޓުން ދައްކައެވެ. ކުޑަކުއްޖަކުވެސް މިވަނީ މި ބަލީގައި ނިޔާވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް