މީހަކު ލާދީނީ ވެއްޖެނަމަ އެކަމެއް އެގޮތަށް ކަނޑައަޅާނީ ދައުލަތުން ކަމަށާއި އެކަން ވަކި ފަރުދަކަށް ނުކުރެވޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ "ލާދީނީ ގޮވުން: އަނގަ ހުތުރުވުން" މި މައުލޫގައި ލިޔެ ޓްވީޓް ކުރައްވާފައިވާ މަޒުމޫނެއްގައެވެ.
އެ މަޒުމޫނުގައި ލާދީނީއަށް ގޮވުުމުގެ މައުލޫގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އޭނާއަކީ ލާދީނީ މީހެއް ކަމަށް ބުނުމުގެ ހައްގު އެހެން މީހުންނަށް އޮންނާންޖެހޭނެކަމަށް އެތައް ބަޔަކު ދެކޭ ކަމަށެވެ.
"އޭނާގެ ނަޒަރުގައި އަޅުގަނޑު ގޯހީ، އިސްލާމްދީން ގަބޫލުކުރާ އެހެން މީހުންގެ ހިތްތަކުގައި އަޅުގަނޑާއިމެދު ނަފްރަތު އުފެއްދުން، ނުވަތަ އަޅުގަނޑުގެ ސަބަބުން ޖުމްލަ ގޮތެއްގައި އިސްލާމް ދީނަށް ގެއްލުންވާކަމުން، އިސްލާމް ދީނުގެ ދިފާއުގައި އަޅުގަނޑު ގޯސް އޭނާ ފާހަގަކުރަނީ" ރައީސް ނަޝީދާ ދިމާއަށް ލާދީނީއޭ ބުނާ ބަޔަކު އެހެން ބުނާނެ ކަމަށް ލަފާކުރެވޭ ދެ ސަބަބެއް ހާމަކޮށް އެ މަޒްމޫނުގައި ރައީް ނަޝީދު ލިޔުއްވާފައިވެއެވެ.
މި މަޒުމޫނުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިސްލާމް ދީނުގެ ދިފާއުގައި ތެދުވަނީ ދިވެހި ދައުލަތް ކަމަށާއި، ދައުލަތް ރޭވިފައިވާގޮތުގައި ދިވެހި ދައުލަތުގެ ފަރާތުން ވަކި ފަރުދުން ކުރާންޖެހޭ ވަކި ކަންތައްތަކެއް ހުރެއެވެ.
"ވަކި މީހަކު ލާދިނީމީހެއްކަމަށް ބުނުމަކީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރުން، އެމައްޗަށް ޖިނާއީ ދައުވާއެއް އުފުލޭނެ ސަބަބެއް، ރައްޔިތުންގެ ވާޖިބަކީ އެއްވެސް ރައްޔިތަކު ގާނޫނާ ހިލާފުވާނަމަ ދައުލަތުގެ ކަމާގުޅޭ އިދާރާތަކަށް އެންގުން" ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.
އެކަމަށް ބާރުދެއްވަމުން އިތުރަށް ލިޔުއްވާފައިވަނީ އިސްލާމް ދީނާއި ދައުލަތުގއ ދިފާއުގައި ހަރަކާތްތެރިވާނީ ވަކި ފަރުދެއް ނޫންކަމަށާއި ދައުލަތުގެ އިދާރާތަކާއި ވުޒާރާތައް ކަމަށެވެ.
"ތިމަންނާއީދައުލަތް ކަމަށް ދެކުމުގެ ޖާގައެއް ނެތް" ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.
އިތުރަށް ވިދާޅުވެފައިވަނީ ލާދީނީ ކަމަށް އެހެން މީހަކާ ދިމާއަށް ބުނުމަކީ އެހެން މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ބުނާ ބުނުމެއް ކަމަށާއި އަނެކާ އަކީ ގޯސް މީހެއްގެ ގޮތުގައި ދެއްކުމަށް ބުނާ ބުނުމެއް ކަމަށެވެ. ބުނެވޭން ހުރި ނުރަނގަޅު ބަސްތައް މަދުކަމުގެ ސަބަބުން ބުނާ ބަސްތަކެއް ކަމަށް ލަފާކުރައްވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް