ހުޅުމާލެ އިންޑަސްޓްރިއަލް ޒޯންގެ މަގުތަކުގައި ހުރި ހަލާކުވެ ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީން ބުނީ، އިންޑަސްޓްރިއަލް ޒޯންގެ މަގުތައް ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން 15 ވެހިކަލެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތް އެ ކޯޕަރޭޝަނުން ފެށީ މިއަދުއެވެ.
ހުޅުމާލެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގެ މަގުތަކުގައި ގިނަ އަދަދެއްގެ ހަތަރު ފުރޮޅުލީ އުޅަނދާއި ބަރު އުޅަނދުތައް ވެސް ހުރެއެވެ. އޭގެ ތެޜޭގައި ގިނަ ދުވަސްވެ ބާވެ ހަލާކުވެފައިވާ އުޅަނދުތައް ވެސް މަދެއް ނޫނެވެ.
މި އުލަނދުތައް ނަގައި ސާފުކުރާ ސަބަބެއް އެޗްޑީސީން ހާމަނުކުރި ނަމަވެސް، ބެލެވޭ ގޮތުގައި އޭއީ އެ ސަރަހައްދުގައި ޕާކްކުރަން ބޭނުންވާ އެހެން އުޅަނދުތަކަށް ޖާގަ ހުސްކުރުމަށެވެ. ސިނާއީ ސަރަހައްދެއް ކަމަށް ވުމުން މަސައްކަތްކަށް ގިނަ އަޅުނދުފަހަރު އެ ސަރަހައްދަށް ވަދެނުކުމެ އުޅެެ އެވެ.
ހުޅުމާލެ، މާލެ އަދި ވިލިމާލޭގެ މަގުތަކުގައި ވެސް ޕާކު ކުރާނެ ޖާގަތައް މަދު އިރު، ގިނަ ދުވަސްވެ އެއްލައިލާން ގާތްވެފައި ހުންނަ އުޅަނދުފަހަރު މަގުތަކުގައި ޕާކުކޮށްފައި ހުންނަ މައްސަލަ އާންމުން އަބަދު ވެސް ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް