ގެވެށި އަނިޔާގެ މައްސަލައިގާ އީސަގެ މައްޗަށް ދައުވާ އުފުލައިފި

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު އީސާގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާ މައްސަލަައިގާ ދައުވާ އުފުލައިފިއެވެ. ޕްރޮސެކިއުޓާ ގެނެރަލް އޮފީހުން ބުނެފައިވަނީ ޢީސަގެ...

03 Jun 2021 | 10:17

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު އީސާގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާ މައްސަލަައިގާ ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓާ ގެނެރަލް އޮފީހުން ބުނެފައިވަނީ ޢީސަގެ މައްޗަށް އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ ކަމަށެވެ. އަދި އެ މައްސަލަ ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށް އެ އޮފީހުން ބުނެއެެވެ.

މި ދައުވާ އީސަގެ މައްޗަށް ސާބިތުވެއްޖެނަމަ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށާއި ދަރިފުޅަށް ގެވެށި އަނިޔާކުރި މައްސަލަ އަސްރާ ފުލުހަށް ހުށަހެޅީ މިދިޔަ މަހުގެ 20ވަނަ ދުވަހުގައެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އަސްރާ ފަހުން ވަނީ ބުނެފައެވެ. ނަމަެވސް ފުލުހުން ބުނެފައިވަނީ މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ފުލުހުން ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް