އެމް.ޑަބްލިޔު.އެސް.ސީއިން ނ. ހެނބަދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.
މިހާރު ކުރިޔަށްދަނީ ފެންޕްލާންޓް ބެހެއްޓުމުގެ ފެސިލިޓީ ބިލްޑިންގ އިމާރަތްކުރުމުގެ މަސައްކަތާއި ފެނުގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމުގެ މަސައްކަތް ކަމަށް އެކުންފުނިން ބުނެ އެވެ. މި މަސައްކަތް އެ ކުންފުންޏައި ހަވާލު ކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީންނެވެ.
މިމަޝްރޫޢުގެ ދަށުން ހެނބަދޫގައި 4.83 ކިލޯ މީޓަރގެ ދިގު ފެންހޮޅީގެ މައި ނެޓްވޯރކް ޤާއިމްކުރުމާއިއެކު އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ފެން އުފެއްދުމަށްޓަކައި ދެ އާރް.އޯ ޕްލާންޓާއި ފެން ރައްކާކުރުމަށް ތިން ތާންގީ ބެހެއްޓިގެންދާނެއެވެ.
މީގެ އިތުރުން ގޭގޭގައި ފެންމީޓަރ ބަހައްޓައި ފެނުގެ ކަނެކްޝަންވެސް ގުޅައިދޭނެއެވެ. މިކަމުގެ ސަބަބުން މިގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެން ދާނެކަމަށް އެމް.ޑަބުލިޔު.އެސް.ސީއިން މައުލޫމާތުލިބެއެވެ.
މިމަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.
ހެނބަދޫގެ ފެނުގެ ނިޒާމަކީީ 41.3 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.
މި މަޝްރޫއު ނިންމަން އެ ކުންފުންޏާއި ހަވާލު ކޮށްފައިވަނީ 15 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް