ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު އެނބުރި ފިލްމު ކުޅެން ނުކުންނަން ތައްޔާރުވާން ފަށައިފި ކަމަށް ބެލެވެން ފަށައިފި އެވެ.
ކަރީނާ ދެވަނަ ދަރިފުޅަށް މިދިޔަ އަހަރު ބަލިވެ އިނުމާއި އެކު ވަނީ ފިލްމީ މަސައްކަތްތަކުން ދުރަށްޖެހިފަ އެވެ. އޭނާ ވިހާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.
ވިހޭ ފަހުން އާންމުވި ގިނަ ފޮޓޯތަކުގައި އޭނާ ވަރަށް ފަލަކަން ފާހަގަ ކުރެވެ އެވެ. އަދި އާންމުވެފައިވާ ބައެއް ފޮޓޯ އާއި ވީޑިއޯތަކުން ވަނީ ކަރީނާ ކުރިން ކުރި ލޫޅާފަތި ހަށިގަނޑު ގެނައުމަށް ކަސްރަތު ކުރަން ފަށާފައިވާކަންވެސް ހާމަވެފަ އެވެ.
އޭގެ ފަހުން އިއްޔެ އިންސްޓަގްރާމްގައި އާންމު ކުރި ފޮޓޯއިން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައިފަ އެވެ. ބިއްލޫރި ދޮރެއްގެ ކައިރީ ހުރެ ނަގާފައިވާ އެ ފޮޓޯއިން ކަރީނާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލު ފެނެއެވެ.
ހަށިގަނޑު ވަރަށް ބޮޑަށް ހިކިފައިވާތީ އިންޑިއާ މީޑިއާގައި މިހާރު ރިޕޯޓު ކުރަމުން ދަނީ ކަރީނާ އެނބުރި ބޮލީވުޑަށް ދާން ތައްޔާރުވަމުންދާ ކަމަށެވެ.
https://www.instagram.com/p/CPnWIOWJTAU/?utm_source=ig_embed&ig_rid=1c25f354-4710-4687-8c22-f23e7d3f2d87
އެ ފޮޓޯ ހިއްސާކޮށް ކަރިނާ ބުނެފައިވަނީ ލޯގަނޑުން ފެންނަ މީހާ ލޯގަނޑުން ފެންނަ ވަރަށްވުރެ ހުރީ ކައިރީގައި ކަމަށެވެ. އެހެން ކަމުން އެންމެންވެސް ނިއު ނޯމަލްގައި އިޖްތިމާއީ ގައިދުރުކަން ބަހައްޓަން ކަރީނާ އެދިފައިވެ އެވެ.
ކަރީނާ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ބަނޑުބޮޑުވުމުގެ ކުރިން ރިލީޒްކުރި ފިލްމު “އަންގްރޭޒީ މީޑިއަމް” އިންނެވެ. އެ ފިލްމުގައި ކަރީނާ އާއި އެކު ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ކެންސަރު ބަލީގައި މަރުވި އިރުފާން ހާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް