މިޝްކާ މަރުގެ ތަހުގީގު ނިންމައިފި، މިއަދު މައުލުމާތު އާންމު ކުރަނީ

އުމުރުން10 އަހަރުގެ ފާތިމަތު މިޝްކާގެ މަރުގެ މައްސަލަ ތަހުގީގު ކޮށް ނިންމައިފި އެވެ. މިޝްކާ މަރުވީ ކޯވިޑަށް ޕޮސިޓިވްވެގެން ގޭގައި ކަރަންޓީން ގައި ހުއްޓަ ހާލު ސީރިއަސްވެގެން އެމްބިއުލާންސަށް ގުޅުމުން ނ...

03 Jun 2021 | 08:29

އުމުރުން10 އަހަރުގެ ފާތިމަތު މިޝްކާގެ މަރުގެ މައްސަލަ ތަހުގީގު ކޮށް ނިންމައިފި އެވެ.

މިޝްކާ މަރުވީ ކޯވިޑަށް ޕޮސިޓިވްވެގެން ގޭގައި ކަރަންޓީން ގައި ހުއްޓަ ހާލު ސީރިއަސްވެގެން އެމްބިއުލާންސަށް ގުޅުމުން ނައިގެން ފަރުވާ ނުދެވި ލަސްވެގެންނެވެ. އިއްޔެ ރޭ ހިނގި މިހާދިސާގައި މިޝްކާ ބަލާ އެމްބިއުލާންސް ދިޔައީ ގުޅިތާ ދެ ގަޑިއިރު ފަހުން ކަމަށްވެ އެވެ.

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިއަދު މީޑިއާގައި ވިދާޅުވީ އެ ތަހުގީގު މިހާރު ނިމިފައިވާ ކަމަށެވެ. އަދި ތަހުގީގުގައި ފާހަގަވި ކަންކަން މިއަދު މީޑިއާގައި ހާމަކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަސީމް ވަނީ އެ ތަހުގީގު ރޭގައި ނިމޭނެ ކަމުގެ ޔަގީން ކަން އޮތް ކަމަށް ވިދާޅުވެފައި އެވެ. އަދި ތަހުގީގުގައި އިހުމާލެއް އޮތް ކަމަށް ފާހަގަ ވާނަމަ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަށް ދެއްވި އެވެ.

މީގެ އިތުރުން މި މައްސަލައިގަ މިނިސްޓަރުގެ އިހުމާލެއް އޮތް ނަމަ އިސްތިއުފާދެއްވުމާއި މެދު ތަހުގީގަށް ފަހު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވި އެވެ. އަދި މަގާމުގައި ހުންނަވައިގެން އަމިއްލަ ފުޅު މައްސަލަ ބެލޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ މައްސަލަ ތަހުގީގު ކުރުމުގައި މަކަރު ނުހައްދަވާނެ ކަމަށެވެ.

މިޝްކާ މަރުވި މައްސަލައިގަ މިނިސްޓަރު ވަނީ އާއިލާއަށް ގުޅުއްވާ މައާފަށް އެދިވަޑައިގެންފަ އެވެ. އަދި މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް