ރޭ ސޯޝަލް މީޑިއާގައި ދައުރުވީ ކޯވިޑް ޖެހިފައިވާ ކުއްޖަކު ސައިކަލެއްގައި ހޮސްޕިޓަލަށް ގެންދާ ވީޑިއޯއެއް!

ސިއްހީ ފަރުވާ ލަސްވެގެން ކޯވިޑް ޖެހިފައިވާ ކުޑަކުއްޖަކު މަރުވި މައްސަލައަށް 24 ގަޑިއިރު ނުވެގެން އުޅެނިކޮށް މީހަކު ސައިކަލަކަށް ލައިގެން ދާތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާއި ގިނަ ބަ...

03 Jun 2021 | 07:36

ސިއްހީ ފަރުވާ ލަސްވެގެން ކޯވިޑް ޖެހިފައިވާ ކުޑަކުއްޖަކު މަރުވި މައްސަލައަށް 24 ގަޑިއިރު ނުވެގެން އުޅެނިކޮށް މީހަކު ސައިކަލަކަށް ލައިގެން ދާތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާއި ގިނަ ބައެއްގެ ފާޑު ކިޔުން ރޭގައި ސަރުކާރަށް އަނެއްކާވެސް އަމާޒުވާން ފެށި އެވެ.

އެމީހާވެސް އެއީ އެމްބިއުލާންސް އައުން ލަސްވެގެން ހޮސްޕިޓަލަށް ގެންދާ މީހެއް ކަމަށް ބުނެ ގިނަ ވާހަކަތަކެއް ފެތުރުނެވެ. އިއްޔެ ރޭ ކޯވިޑް ބަލީގައި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު މަރުވީ ހާލު ސީރިއަސް ވެގެން އެމްްބިއުލާންސަށް ގުޅިތާ ދެ ގަޑިއިރު ފަހުން ހިދުމަތް ލިބި ފަރުވާ ދިނުން ލަސްވެގެންނެވެ.

ރޭ އާންމުވި ވީޑިއޯ އާއި ގުޅޭގޮތުން އެ ފޮޓޯއިންް ފެންނަ އާއިލާގެ މީހުން ވަނީ މީޑިއާގައި ވާހަކަދައްކާފައި އެވެ. އެ އާއިލާ މީހަކު ބުނީ ސައިކަލަށް ލައިގެން ގެންގޮސްފައިވަނީ އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖެެއް ކަމަށެވެ.

އެ ކުއްޖާ އަކީ ކޯވިޑް ޖެހިގެން ގޭގައި ވަކި ކޮޓަރިއެއްގައި އެކަހެރިކޮށްފައި ހުރި ކުއްޖެކެވެ. އޭނާ ހޮސްޕިޓަލަށް ގެންދަން ޖެހުނީ ހަބަރެއް ނުވެގެން ކޮޓަރީ ދޮރުހުޅުވާ ބަލާލި އިރު ހޭނެތިފައި އޮއްވަ ފެނިގެން ކަމަށް އާއިލާއިން ބުންޏެވެ.

އެ ކުއްޖާ ހޮސްޕިޓަލަށް ގެންދަން އާއިލާއިން އެމްބިއުލާންސަށް ނުގުޅާ ކަމަށްވެ އެވެ. އެއީ ގެއަކީ ހޮސްޕިޓަލާއި ކައިރީގައި ހުރި ގެއަކަށް ވުމުން ވަގުތު ބޭކާރު ނުކުރުމުގެ ގޮތުން ސައިކަލުގައި ދިޔައީ ކަމަށް އާއިލާއިން މީޑިއާގައި ބުނެފައިވެ އެވެ.

އިތުރަށް އާއިލާއިން ބުނީ ކުއްޖާގެ ހާލު މިހާޜު ރަނގަޅު ކަމަށެވެ.

މި ހާދިސާ ހިނގާފައި މިވަނީ މިޝްކާއަށް އިހުމާލުވުމުގެ މައްސަލައިގަ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުގެ އިތުރުން ކޯވިޑް ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުން ލަސްކަމަށް ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކުޔުން އަމާޒުވެފައި ވަނިކޮށެވެ. އަދި ބައެއް ނޫސްތަކުއިވެސް ވަނީ އެއީ އެމްބިއުލާންސް އައުން ލަސްވެގެން ހޮސްޕިޓަލަށް ގެންދިޔަ ގޮތް ކަމަށް ބުނެފަ އެވެ.

އެކަމަކު އާއިލާއިން ވަނީ އެމީހުންނަށް ސިއްހީ ފަރުވާގެ ކަންކަން ރޭގައި ލަސްވެފައި ނުވާ ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް