ގައުމީ އެއާލައިން މޯލްްޑިވިއަންއިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ކުރާ ސީދާ ދަތުރުތައް އަނެއްކާވެސް މެދުކަނޑާލައިފި އެވެ.
ބޯޑަރު ހުޅުވާލި ފަހުން ޝެޑިއުލް ދަތުރުތައް އަލުން ފެށިގެން މިދިޔަ އޭޕްރިލް މަހު ބަންގްލަދޭޝްގައި ކޯވިޑް ފެތުރުން އިތުރުވުމުން އެ ގައުމަށް ބައިނަލްއަގުވާމީ ޕަސެންޖާ ފްލައިޓުތައް ދަތުރު ކުރުން މަނާ ކުރުމުން މޯލްޑިވިއަން އިން ވަނީ ދަތުރުތައް މެދުކަނޑާލާފައި އެވެ. އަލުން ދަތުރުތައް ފެށީ މިދިޔަ މަހުގެ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ.
މޯލްޑިވިއަންއިން ބުނީ އަނެއްކާވެސް ދަތުރުތައް މެދުކަނޑާލަނީ ބަންގްލަދޭޝްގައި ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ދެގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު ކުރުން ވަގުތީ ގޮތުން ސަސްޕެންޑް ކުރަން އެގައުމުގެ ސަރުކާރުން ނިންމުމުން ކަމަށެވެ. އެހެންވެ މާދަމާއިން ފެށިގެނަ މޯލްޑިވިއަންގެ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
އަދި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޝެޑިއުލް ދަތުރަށް ޓިކެޓު ގަނެފައިވާ ފަރާތްތަކުގެ ފުރުން މިއަދު މެންދުރު 2:25 އަށް އަވަސްކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް