ގދ. ތިނަދޫއިންވެސް ކޯވިޑް ޖެހިގެން މީހަކު މަރުވެއްޖެ

ގދ. ތިނަދޫއިން ކޯވިޑް-19 ޖެހިގެން މީހަކު މަރުވެއްޖެ އެވެ. ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ އުމުރުން 88 އަހަރުގެ ދިވެހި ފިރ...

03 Jun 2021 | 06:08

ގދ. ތިނަދޫއިން ކޯވިޑް-19 ޖެހިގެން މީހަކު މަރުވެއްޖެ އެވެ.

ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ ފަތިހު 5:39 ގައި އެވެ.

މިއީ ތިނަދޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓިގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ފުރަތަމަ މީހާ އެވެ.

މިއީ މިއަދު ކޯވިޑް ޖެހިގެން މަރުވި ދެ ވަނަ މީހާ އެވެ. ފުރަތަމަ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންް ދިޔަ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވެފައިވަނީ 173 މީހުންނެވެ.

އިއްޔެ ކޯވިޑްގައި މަރުވެފައިވަނީ ދެ މީހުންނެވެ. އެއީ 10 އަހަރުގެ ކުއްޖަކާއި 84 އަހަރުގެ މީހެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 65،868 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 23،909 މީހުންނަށް ދަނީ މިހާރު ފަރުވާ ދެމުންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 41،779 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް