ކޯވިޑްގައި 62 އަހަރުގެ މީހަކު މަރުވެއްޖެ

ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ ރޭ ދަންވަރު 12:48 ގައި އެވެ. މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދި...

03 Jun 2021 | 05:08

ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ ރޭ ދަންވަރު 12:48 ގައި އެވެ.

މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.

މިއީ މިއަދު ކޯވިޑް ޖެހިގެން މަރުވި ފުރަތަމަ މީހާ އެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވެފައިވަނީ 172 މީހުންނެވެ.

އިއްޔެ ކޯވިޑްގައި މަރުވެފައިވަނީ ދެ މީހުންނެވެ. އެއީ 10 އަހަރުގެ ކުއްޖަކާއި 84 އަހަރުގެ މީހެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 65،868 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 23،909 މީހުންނަށް ދަނީ މިހާރު ފަރުވާ ދެމުންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 41،779 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް