އައްޑޫ މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ނިމިއްޖެ

އައްޑޫ ސިޓީ މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ. މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮ...

03 Jun 2021 | 04:16

އައްޑޫ ސިޓީ މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.

މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިންނެވެ. މި މަސައްކަތް ޕްލޭނިންގ މިނިސްޓްރީން އެކުންފުންޏަށް އެވޯޑްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ މީދޫ ބަނދަރު ފުންކުރުމާއި، ބަނދަރުގެ ނެރު ފުންކުރުމާއި، 621 މީޓަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ވަނީ ކޮށްފައެވެ. އަދި އެއްގަމު ތޮށި ވަށައިގެން 3125 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބާޖާއި އުފުލި ފަދަ އުޅަނދުފަހަރަށް ފަސޭހައިން ބަނދަރާއި ކައިރިކުރެވޭނޭހެން ރޭމްޕެއް ހަދާފައިވެއެވެ. އަދި ނެރުބައްތި ހަރުކުރުމާއި، ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ އިތުރުން، ބަނދަރުގައި މޫރިންގ ހުކްސް ހަރުކުރުމާއި، ބޮލާޑް ހަރުކުރުމުގެ މަސައްކަތްވެސް އެމް.ޓީ.ސީ.ސީން ކޮށްފައިވެއެވެ.

މި ބަނދަރަކީ އާންމުކޮށް ރާއްޖޭގައި އެކުންފުނިން ތަރައްޤީކުރަމުން އަންނަ ބަނދަރުތަކުގެ ޑިޒައިނާއި ތަފާތު ހިތްގައިމު ބަނދަރެކެވެ.

އެގޮތުން ވާ އައްސާ ކުޅިތަކުގެ އިތުރުން ވާ އައްސާނެ ބޮލާރޑްވެސް ވަނީ ހަރުކުރެވިފައެވެ. އަދި ބަނދަރު ޑިޒައިން ކޮށްފައިވަނީ ކުރިން މީދޫގައި ދިމާވި ބޮޑުދިޔައިގައި ރަށަށް ރާޅުއެރުމުގެ މައްސަލަ ދިމާނުވާނެ ގޮތަށް އުސްކޮށްކަން އެކުންފުނިން ވަނީ ފާހަގަކުރައްވާފައެވެ. މިއީ ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 36.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެންކޮށްފައިވާ މަސައްކަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް