މަޤާމުގައި ހުރެވެސް އަމިއްލަފުޅު އިހުމާލެއް އޮތްތޯ އަމިއްލަފުޅަށް ބެލިދާނެ ކަމަށް ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދަށް ކޯވިޑްގައި ޖެހިފައި ވަނިކޮށް ފަރުވާ ދިނުން ލަސްވެގެން މަރުވި މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ. އެ ކުއްޖާ މަރުވީ އެމްބިއުލާން އެގެއަށް ދިއުން ލަސްވެގެން ހޮސްޕިޓަލަށް ނުގެންދެވިގެންނެވެ.
މި މަައްސަލައިގަ މިނިސްޓަރު ހޫނު ފެނަށް ވެއްޓިފައި ވަނިކޮށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ދުވަސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަސީމް ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެ މަގާމުގައި ހުންނަވައިގެން އަމިއްލަފުޅު އިހުމާލެއް އޮތްތޯ ނުވަތަ މައްސަލައެއްވެސް ބެލިދާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަގާމުގައި ހުންވައިގެން އަމިއްލަ އިހުމާލެއް ވޭތޯ ބެލުމަށް މަސައްކަތް ކުރައްވާއިރު މަކަރު ނުހައްދަވާނެ ކަމަށެވެ.
ނަސީމް ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލައިގައ އިހުމާލުވި މިންވަރު ބެލުމުގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ. އަދި ރޭގެ ނިޔަލަށް ޖަވާބު ނަތީޖާ ލިބޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.
އާންމުން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލަމުން ދާ މައްސަލައިގަ މިނިސްޓަރު ވިދާޅުވީ އެކަމާއި މެދު ގޮތެއް ނިންމާ ތަހުގީގު ރިޕޯޓު ލިބުމުން ޖަވާބެއް ދެއްވާނެ ކަމަށެވެ. އަދި އެ ތަހުގީގުގައި މިނިސްޓަރު އެކަމުގައި އިހުމާލުވެފައިވާ މިންވަރުވެސް ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.
ފަރުވާ ދިނުން ލަސްވެގެން މިޝްކާ މަރުވި އިރު އެމްބިއުލާންސްއަށް އެގެއަށް ދިޔައީ އެޗްޕީއޭއަށް ގުޅިތާ ދެގަޑިއިރު ފަހުން ކަމަށް އާއިލާއިން ބުނެ އެވެ.
މިނިސްޓަރު ނަސީމް ވަނީ މި މައްސަލައިގަ މިޝްކާގެ އާއިލާއަށް ގުޅައި ސިއްހީ ފަރުވާ ލަސްވި ކަމަށްޓަކައި މައާފަށް އެދިވަޑައިގެންފަ އެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް