ކުރީގެ ޑީސީޕީ ސައުދީ ޔޫތު މިނިސްޓްރީގެ ނައިބަކަށް!

ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ ޔޫތް މިނިސްޓްރީގެ ނައިބަކަށް ހަމަޖައްސައިފި އެވެ. އެ މަގާމަށް ސައުދީ ހަމަޖެއްސިކަން ރައީސް އޮފީހާއި، ޔޫތް މިނިސްޓްރީން ވަނީ މީޑީއާގައި ޔަގީން ކޮށްދ...

03 Jun 2018 | 17:33

ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ ޔޫތް މިނިސްޓްރީގެ ނައިބަކަށް ހަމަޖައްސައިފި އެވެ.

އެ މަގާމަށް ސައުދީ ހަމަޖެއްސިކަން ރައީސް އޮފީހާއި، ޔޫތް މިނިސްޓްރީން ވަނީ މީޑީއާގައި ޔަގީން ކޮށްދީފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު އެކެއް ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ޕޮލިސް ކޮމިޝަނަރުކަމުން އަހުމަދު އަރީފް ވަކިކޮށް ފުލުހުންގެ މުއައްސަސާ ހިންގުން ރައީސް އަބްދުﷲ ޔާމީން ހަވާލުކުރެއްވީ ސައުދީއާ އެވެ. އެ ޒިންމާ ހަވާލުކުރެއްވިތާ ގިނައިރުތަކެއް ނުވަނީސް ސައުދީ ވެސް ވަނީ މަގާމުން ވަކިކުރައްވައިފަ އެވެ.

އޭގެ ފަހުން ސައުދީގެ ހަބަރެއް މިހާތަނަށް ވެފައި ނުވާއިރު ބައެއް ފަރާތްތަކުން ވަނީ ސައުދީ ފިލީކަމުގެ ތުހުމަތުކޮށްފައި އެވެ.

ސައުދީ ޔޫތުގެ ނައިބަކަށް އައްުޔަން ކުރެއްވި އިރު މިވަގުތު ޔޫތު މިނިސްޓްރީގެ ނައިބަކަށް ހުންނެވީ ސައުދީ އެކަންޏެވެ. ކުރިން އެ މަގާމުގައި ހުންނެވި ނާއިފު ޝައުކަތު ވަނީ މިދިޔަ ހަފްތާގައި ހައުސިންގެ ޑެޕިއުޓީ މިނިސްޓަރަކަށް ބަދަލުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް