ވޯލްޑް ކަޕަށް ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި

މި މަހު ފަށާ ފީފާ ވޯލްޑް ކަޕަށް ހާއްސަކޮށް އެސްޓީއޯއިން "ވޯލްޑް ކަޕް ފެސްޓް" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ. އެސްޓީއޯއިން ބުނީ މިޕްރޮމޯޝަން ކުރިޔަށް ދާއިރު އެސްޓީއޯ އިލެކްޓްރޯނިކްސް އަދި ރީޖަނ...

03 Jun 2018 | 12:10

މި މަހު ފަށާ ފީފާ ވޯލްޑް ކަޕަށް ހާއްސަކޮށް އެސްޓީއޯއިން "ވޯލްޑް ކަޕް ފެސްޓް" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ މިޕްރޮމޯޝަން ކުރިޔަށް ދާއިރު އެސްޓީއޯ އިލެކްޓްރޯނިކްސް އަދި ރީޖަނަލް ފިހާރަތަކުން ކުރައްވާ ކޮންމެ 500 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ގަންނަ ކޮންމެ ޕްރޮޖެކްޓަރަކަށް ހިލޭ 24 އިންޗީގެ ފިލިޕްސް ޓީވީއެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

މި ޕްރޮމޯޝަންގައި އެސްޓީއޯ އިލެކްޓްރޯނިކްސް އަދި ރީޖަނަލް ފިހާރަތަކުން ވިޔަފާރި ކޮށްގެން ގުރުއަތުން ހޮވޭ ފަރާތަކަކުގެ ތެރެއިން އެއް ވަނަ އަށް ދާ ފަރާތަކަށް 50،000 ރުފިޔާގެ އަގު ހުރި އިނާމު ލިބޭނެ އެވެ. އޭގެ ތެރޭގައި ޑެލްގެ އޮޕްޓިޕްލެކްސް ކޮމްޕިއުޓަރު ސިސްޓަމްއަކާއި ޑެލް ކާވްޑް މޮނީޓާ އަދި ޖޭ.ބީ.އެލް ސައުންޑް ބާ އެއް ލިބޭނެ އެވެ.

ދެވަނައަށް ހޮވޭ ފަރާތަކަށް 30،000 ރުފިޔާގެ އަގު ހުރި އިނާމު ލިބޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހިޓާޗީ 65 އިންޗި ޓީވީ، ޖޭ.ބީ.އެލް ސައުންޑް ބާ އަދި އެސް.ޖޭ ކެމްގެ އެކްޝަން 4ކޭ ކެމެރާ އެކެވެ. އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް 20،000 ރުފިޔާގެ އަގު ހުރި އިނާމު ލިބޭނެ އެވެ. އޭގެ ތެރޭގައި ހުވާވޭ މޭޓް 10 ޕްރޯ ފޯނަކާއި އެޑިފަޔާ ސްޕީކަރެއް ހިމެނެ އެވެ.

އެސްޓީއޯއިން ބުނީ ޕްރޮމޯޝަންގެ މުއްދަތުގައި އެސްޓީއޯ އިލެކްޓްރޯނިކްސް އާއި ރީޖަނަލް ފިހާރަތަކުން ވިއްކާ މުދާ ވަރަށް އަގުހެޔޮ ވާނެ ކަމަށެވެ. އަދި ހާއްސަކޮށް ވޯލްޑް ކަޕަށް ހާއްސަކޮށް ވިއްކާ ޓީވީ އާއި ޕްރޮޖެކްޓަރު އަގު ހެޔޮކޮށް ލިބެން ހުންނާނެ ކަމަށް ބުނެ އެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 30 ގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް