ހިޔާ މަޝްރޫއު ގެ ފްލެޓުތަކަށް ފޯމު ބަލައިގެންނަން ފަށައިފި

ސަރުކާރުގެ "ހިޔާ" މަޝްރޫއުގެ ދަށުން ދޫކުރާ ހަތް ހާސް ފްލެޓަށް އެދި ހުށަހަޅާ ފޯމު ބަލައިގެންންނަން ފަށައިފި އެވެ. ހައުސިން މިނިސްޓްރީން މިއަދު ބުނީ ފްލެޓަށް އެދި ހުށަހަޅާ ފޯމުތައް މިއަދު ހެނދުނު 10:00 ...

03 Jun 2018 | 08:39

ސަރުކާރުގެ "ހިޔާ" މަޝްރޫއުގެ ދަށުން ދޫކުރާ ހަތް ހާސް ފްލެޓަށް އެދި ހުށަހަޅާ ފޯމު ބަލައިގެންންނަން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ ފްލެޓަށް އެދި ހުށަހަޅާ ފޯމުތައް މިއަދު ހެނދުނު 10:00 ން ފެށިގެން ބަލައިގެންނަމުންދާ ކަމަށެވެ. އަދި މިއަދުން ފެށިގެން އަންނަ މަހުގެ 31ގެ ނިޔަލަށް ފޯމު ބަލައިގެންނާނެކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10:30 ން މެންދުރު ފަހު 1:30 ށް އަދި ރޭގަނޑު 9:00 11:00 އަށެވެ. އަދި ކިއުގައި ނުޖެހި ނަމްބަރު ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ހައުސިން މިނިސްޓްރީން ވަނީ އޮންލައިންކޮށް ކިއުބީ އެޕް މެދުވެރިކޮށް ނަމްބަރު ނެގޭނެ ގޮތް ހަދާފަ އެވެ. އަދި ދަރުބާރުގެއިންވެސް ކިޔުގައި ނުޖެހި ފޯހު ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.

ފޯމު ހުށަހަޅާ ނަމްބަރު ދޫކުރާނީ ފޯމް ބަލައިގަންނަ ގަޑި ހަމަވާން ބައި ގަޑިއިރަށް ވަންދެނެވެ. އަދި އެ ގަޑިއަށް ކިއުބީ އެޕް މެދުވެރިކޮށް ނަމްބަރު ދޫކުރުންވެސް ހުއްޓާލާނެ އެވެ.

މި ފްލެޓުތަކަށް އެދެން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރަން ފެށީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ހައުސިން މިނިސްޓްރީން ބުނީ މިހާތަނަށް ދަރުބާރުގެއިން 50،000 އަށްވުރެ ގިނަ ފޯމު ގެންގޮސްފައިވާ ކަމަށާއި އޮންލައިންކޮށްވެސް ގިނަ އަދަދެއްގެ ފޯމު ޑައުންލޯޑު ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 17 ކެޓަގަރީއަކުން ފްލެޓު ދޫކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް