އުރީދޫގެ "ޓެކްސްޓް އަ ކޮފީ" މިހާރު މާ ސަޅިވެފަ ތަފާތު!

އުރީދޫއިން މީގެ ދެ އަހަރު ކުރިން ތައާރަފު ކުރި "ޓެކްސްޓް އަ ކޮފީ" އިތުރު ބަދަލު ތަކާއި އެކު މިހާރު ތަފާތު ކޮށްލައިފި އެވެ. އުރީދޫއިން ބުނީ އާ ބަދަލުތަކާ އެކު "ޓެކްސްޓް އަ ކޮފީ" މެދުވެރިކޮށް، ސޭންޑްވިޗ...

03 Jun 2018 | 07:29

އުރީދޫއިން މީގެ ދެ އަހަރު ކުރިން ތައާރަފު ކުރި "ޓެކްސްޓް އަ ކޮފީ" އިތުރު ބަދަލު ތަކާއި އެކު މިހާރު ތަފާތު ކޮށްލައިފި އެވެ.

އުރީދޫއިން ބުނީ އާ ބަދަލުތަކާ އެކު "ޓެކްސްޓް އަ ކޮފީ" މެދުވެރިކޮށް، ސޭންޑްވިޗް ބާ އާއި މޫވެންޕިކް އަދި ހުޅުމާލޭގެ މަޝްހޫރު ކެފޭ ލަޔާ އިން ކޮފީ އާއި ސޭންޑްވިޗްގެ އިތުރުން އައިސްކްރީމް ހަދިޔާކޮށްލެވޭނެ އެވެ. އިތުރު ކެފޭ/ ރެސްޓޯރަންޓު ތަކުން މި ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އުރީދޫއިން ބުނެ އެވެ.

"ޓެކްސްޓް އަ ކޮފީ"ގެ ޚިދުމަތް ލިބޭނީ މައި އުރީދޫ އެޕް ނުވަތަ އެކަމަށް ޚާއްސަ ވެބް ޕޯޓަލް މެދުވެރިކޮށެވެ.

މި ހިދުމަތް އުރީދޫގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ލިބޭނެ އެވެ. އަދި ރައްޓެހިންގެ ތެރޭގައި އެހެން ނެޓްވޯކެއްގެ މީހަކު ހިމެނުނަނަސް އެމީހަކަށްވެސް ކޮފީއެއް ހަދިޔާ ކުރެވިދާނެ އެވެ.

ޕޯސްޓްޕެއިޑް ކަސްޓަމަރެއް ނަމަ ކޮފީ ހަދިޔާކުރުމުން އުރީދޫއަށް ދައްކަން ޖެހޭ ފައިސާ އެ މީހެއްގެ ބިލަށް އިތުރުވާނީ އެވެ. އަދި ޕްރީޕެއިޑް ކަސްޓަމަރުންގެ ކްރެޑިޓް ލިމިޓަށް އަރާއިރު ކޮފީ ހަދިޔާކުރާ މީހާ އަށް މެސެޖަކުން ލިބޭ ކޯޑު މި ހިދުމަތް ލިބޭ ކެފޭ/ ރެސްޓޯރަންޓަށް ގޮސް ބުނުމުން ހިދުމަތް ލިބޭނެ އެވެ.

އުރީދޫގެ ޑިރެކްޓަރު އޮފް ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒު ވިދާޅުވީ ކުރިން ވެސް މި ހިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުން އައި ކަމަށެވެ. އަދި އާ ޕޯޓަލް އާއި އެހެނިހެން ބަދަލުތަކާ އެކު، "ޓެކްސްޓް އަ ކޮފީ"ގެ ތަޖުރިބާ އިތުރަށް ފުރިހަމަ ވެގެން ދާނެ ކަމަށެވެ.

"އެހެން ގައުމުތަކާ ޚިލާފަށް، ކޮފީއަކަށް ދިއުން ރާއްޖޭގައި މާނަކުރެވެނީ ވަރަށް ތަފާތު ގޮތަކަށް. އެއީ ކޮންމެވެސް އެއްޗެއް ކެއުމަށް ނުވަތަ ބުއިމުގެ ބަހަނާގައި، އާއިލާ ނުވަތަ ރައްޓެއްސަކާ ދިމާވެލުން. މިގޮތުން، އުރީދޫގެ ޓެކްސްޓް އަ ކޮފީ ވެސް ފޯރުކޮށްދެނީ ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކޮށްލަން، ވަރަށް ތަފާތު ފުރުސަތެއް،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫއިން ބުނީއަލަށް މި ތައާރަފްކުރި އަޕްޓޭޑްތަކާއި އެކު، ކަސްޓަމަރުންނަށް މި ހިދުމަތް އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް