ރޯދަ މަސް ވީމަ ކަރާ ކެވޭތަ؟ ކަރާ ގިނައިން ކެއުން ރަނގަޅެއް ނޫން

ކަރާ އަކީ ރޯދަ މަހު ރޯދަ ވީއްލާ ގަޑީގައި ކެއުމަށް ނުވަތަ ފަނި ބުއިމަށް އެންމެ ގިނައިން ބޭނުން ކުރެވޭ އެއް މޭވާ އެވެ. އެކަމަކު މާ ގިނައިން ކަރާ ބޭނުން ކުރުމުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތައް އެބ...

03 Jun 2018 | 05:45

ކަރާ އަކީ ރޯދަ މަހު ރޯދަ ވީއްލާ ގަޑީގައި ކެއުމަށް ނުވަތަ ފަނި ބުއިމަށް އެންމެ ގިނައިން ބޭނުން ކުރެވޭ އެއް މޭވާ އެވެ.

އެކަމަކު މާ ގިނައިން ކަރާ ބޭނުން ކުރުމުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތައް އެބަހުރި ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. އެގޮތުން 92 ޕަސެންޓު ފެން އެކުލެވޭ މި މޭވާ އެއްފަހަރާ މާ ގިނައިން ކެއުމުން ހަށިގަނޑަށް އޭގެ އަސަރު ކުރެއެވެ.

ކަރާއިން ލިބޭ ގެއްލުމުގެ ތެރޭގައި ހަޖަމްވުމުގެ މައްސަލަ ދިމާވެ ހޮޑުލެވުމުގެ ފުރުސަތު ބޮޑުވެ އެވެ. ކަރާގައި ގިނަ އަދަދަކަށް ފެން އެކުލެވޭތީ ހަށިގަނޑަށް ބޭނުންވާ ވަރަށް ފައިބަރު ލިބެ އެވެ. އެކަމަކު އެއްފަހަރާ މާ ގިނައިން ކަރާ ކެއުމުން އެކަމުގެ ގެއްލުމާއި ކުރިމަތިލާން ޖެހެ އެވެ. އޭގެ ތެރޭގައި ބަނޑަށް އުނދަގޫވެ، ބަނޑު ކައްކާގޮތްވެ، ބަނޑު ދިޔާވެ، ބޮޑުކަމު ނުދެވި އޭގެ ބަދަލުގައި ހޮޑު ލެވޭގޮތްވެ އެވެ.

ހަކުރު ބަލި ހުންނަ މީހުން ކަރާ ކެއުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު މާ ގިނައިން ކާނަމަ ހަކުރު ބަލި ހުންނަ މީހުންގެ ގައިގަ ހަކުރު ހުންނަން ޖެހޭ ވަރަށް ވުރެ އަވަހަށް ހަކުރު ހަށިގަނޑުގައި ހުންނަ މިންވަރު އިތުރުވެ އެވެ.

މާ ގިނައިން ކަރާ ކާނަމަ ހަށިގަނޑުގައި ގިނަ ވާނީ ފެނާއި ހަކުރު އެކަންޏެއް ނޫނެވެ. ލޭވެސް ގިނަވެ އެވެ. އޭގެ ނަތީޖާއަކަށް ވަނީ ކިޑްނީ ބަލިތަކަށް މަގުފަހިވުމެވެ. އަދި ކަރާއިން ވަރަށް ރަނގަޅު ލެވެލް އަކަށް ޕޮޓޭސިއަމް ހަށިގަނޑަށް ލިއްބައިދެ އެވެ. މާގިނައިން ކަރާނަމަ އޭގެވެސް ނޭދެވޭ އަސަރު ކުރެ އެވެ.

އެގޮތުން ހިތުގެ ހިނގުމަށް މައްސަލަ ދިމާވެ، ލޭގެ މައްސަލަތައް ޖެހި، ހާޓް އެޓޭކު ޖެހުމަށް މަގުފަހިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް