މިދިޔަ މަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރެއްވި ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވަން ފަށައިފި އެވެ.
ލޯކަލް ގަވަރުމެންޓު އޮތޯރިޓީން ނިންމާފައި އޮތީ މިރޭ 12 ޖެހުމުގެ ކުރިން އެކި ވަގުތުތަކުގައި ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތުތައް ބޭއްވުމަށެވެ. ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތުތައް ބާއްވަން ފަށާފައިވަނީ ހެނދުނު 10:00 ން ފެށިގެންނެވެ.
ތިން ސިޓީ ކައުންސިލް މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރެ އެވެ.
އެލްޖީއޭގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފު މީގެ ކުރިން ވިދާޅުވެފައިވަނީ ހުރިހާ ރަށެއްގައި އެއްގަޑިއެއްގައި ހުވާ ކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ނުގެންދެވުނީ މެޖިސްޓްރޭޓުން ނެތް ރަށްރަށަށް އެހެން ރަށްރަށުން މެޖިސްޓްރޭޓުން ފޮނުވަން ޖެހޭތީ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލަރުން ހުވާ ކުރުމަށް ފަހު މަގާމަށް އަހުލުވެރި ކުރުވުމުގެ ގޮތުން ކައުންސިލަރުންނަށް އަމާޒު ކުރެވިގެން ބައްދަލުވުންތަކެއްވެސް ކުރިޔަށް ގެންދާނެ ކަމަށެވެ.
މިފަހަރު އިންތިހާބުގައި ޖުމްލަ 655 ކެކައުންސިލަރުން ވަނީ ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލަށް އިންތިހާބު ވެފައި އެވެ. އޭގެތެ ތެރެއިން 13 ކައުންސިލަރަކު ވަނީ އިންތިހާބަކާއި ނުލާ ގޮނޑި ކާމިޔާބު ކުރައްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް