އިންޑިއާގެ ތަރިން މުސްކުޅިވުމުން ބިކަ ހާލުގައި ޖެހޭތީ ޑައިރެކްޓަރުން އިތުރު ގޮތެއް ހޯދަނީ

އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ މަޝްހޫރު ތަރިންނާއި ޑައިރެކްޓަރުންނާއި އާޓިސްޓުން މުސްކުޅިވާ ދުވަހު ދަރިންނާއި އާއިލާއިން ނުބަލާ ބިހަ ހާލުގަ ޖައްސާތީ އެފަދަ މީހުން ބައިތިއްބާނެ ގެ އ...

03 Jun 2017 | 07:39

އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ މަޝްހޫރު ތަރިންނާއި ޑައިރެކްޓަރުންނާއި އާޓިސްޓުން މުސްކުޅިވާ ދުވަހު ދަރިންނާއި އާއިލާއިން ނުބަލާ ބިހަ ހާލުގަ ޖައްސާތީ އެފަދަ މީހުން ބައިތިއްބާނެ ގެ އެއް އަޅާނެ ބިމެއް ހޯދުމަށް އެ ގައުމުގެ ސަރުކާރުގައި އެދިއްޖެ އެވެ.

ކުއްލިއަކަށް މިފަދަ ކަމަކަށް ފިލްމީ ދައިރާގަ މަސައްކަތް ކުރާ ފަރާތްތަކުން އެދިފައި މިވަނީ 1970 ގެ އަހަރުތަކުގެ ތެރޭގައި މަޝްހޫރުވި ފިލްމު "ޕަކީޒާހް" ގައި މަސައްކަތް ކުރި ގީތާ ކިޔާ ތަރިއަކު ހޮސްޕިޓަލަށް ދޫކޮށްލުމަށް ފަހު އޭނާ ދަރިފުޅު ފިލި ހާދިސާއެއް ފެންމަތިވެފައި ވަނިކޮށެވެ. އުމުރުން 58 އަހަރުގެ ގީތާގެ ބިލްތަކަށް އެރި ފައިސާ ދައްކައި ދިނީ ބޮލީވުޑްގެ ދެ ޑައިރެކްޓަރުންނެވެ. އޭނާގެ ދަރިފުޅު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު ގީތާ ވަނީ މުސްކުޅިން ބަލާ ގެއަކަށް ގެންގޮސްފައި އެވެ.

އިންޑިއަން ފިލްމު އެންޑް ޓެލެވިޝަން ޑައިރެކްޓާސް އެސޯސިއޭޝަނުން މަހާރާސްޓްރާގެ ޗީފް މިނިސްޓަރަށް ބިމެއް ދޫކޮށް ދިނުމަށް އެދި ވަނީ ސިޓީ ފޮނުވާފައި އެވެ. އެ ސިޓީގައި ބުނެފައިވަނީ އެ ގެ ހިންގާނީ އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މާލީ olIvuDqއެހީތެރިކަމާއި އެކު ކަމަށެވެ.

މި ސިޓީ އާއި ބެހޭގޮތުން އެ އެ ސޯސިއޭޝަންގެ އޮފިޝަލަކު މީޑިއާގައި ބުނެފައިވަނީ އެފަދަ ގެއެއް އެޅުމަށް ބިމެއް ހޯދާތާ މިހާރު އަހަރެއްހާ ދުވަސްވެއްޖެ ކަމަށެވެ. އަދި މިވަގުތު އެހާ އިސްކަމެއްދޭން ޖެހުނީ އެފަދަ ހާދިސާތައް ހިނގުން އިތުރުވަމުންދާތީ ކަމަށެވެ.

އެ އެސޯސިއޭޝަނުން ދަނީ އެގޭގައި ބަލަހައްޓާ ދުވަސްވީ ތަރިންގެ ސިއްހީ ކަންތައްތައް ފުރިހަމަ ކުރުމަށް ބައެއް ހޮސްޕިޓަލްތަކާއި މަޝްވަރާ ކުރަމުން ނެވެ.

މަޝްހޫރު ފިލްމު ޑައިރެކްޓަރުން ކަމަށްވާ އަނޫޕަމް ހޭރް، މަހޭޝް ބަޓް، މަދޫރު ބަންދާކަރް، ޑޭވިޑް ދަވަން އަދި މުކޭޝް ބަޓް މެން ފަދަ ތަރިން ބުނެފައިވަނީ މަޝްހޫރު ތަރިން ގިނަ ދުވަސް ވާރަކަށް އޮއްސެން ފެށުމުން އާއިލާއިން އެމީހުންގެ މަތިން ފޫހިވާކަމަށެވެ. އަދި އަޅާލާނެ މީހަކު ނެތި މަގުމަތިވަމުންދާ ދިއުން ހުއްޓުވާ އެމީހުން ބަލަން ތިބީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނާނުން ކަމަށެވެ.

ބޮލީވުށްގެ އެތައް މަޝްހޫރު ފަންނާނުން ނެތް މުސްކުޅިވި ދުވަހު އާއިލާ އިން ނުބަލަން ބިކަ ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް