މޫސުން ގޯސްވެ، ކުއްލި ހާލަތުގައި އިންޑިއާގެ ޓަގު ބޯޓެއް ރާއްޖޭގެ އެހީތެރި ކަމަށް އެދިއްޖެ

ބައިނަލް އަގުވާމީ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ޓަގު ބޯޓެއް މޫސުން ގޯސްވެ، ކަނޑުގަދަވެގެން ދަތުރު ނުކުރެވިގެން ރާއްޖޭގެ އެހީތެރިކަމަށް އެދިއްޖެ އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު...

03 Jun 2017 | 06:41

ބައިނަލް އަގުވާމީ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ޓަގު ބޯޓެއް މޫސުން ގޯސްވެ، ކަނޑުގަދަވެގެން ދަތުރު ނުކުރެވިގެން ރާއްޖޭގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ އެ ޓަގު ދަތުރު ކުރަމުން ދިޔައީ ރާއްޖޭގެ އޭ ޑިގްރީ ޗެނަލް ބޭރުން ކަމަށެވެ. އެކަމަކު މުސުން ގޯސްވެ ދަތުރު ނުކުރެވިގެން ކުއްލި ހާލަތުގައި ރާއްޖޭގެ އެހީތެރިކަމަށް އެދުމުން ރާއްޖޭ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

"ގޯލްޑަން ޕްރައިޑް" ނަމަކަށް ކިޔާ މި ޓަގު ބޯޓު މިހާރު ބަނދަރު ކޮށްފައި އޮތީ ހއ. އުލިގަމު އިރުމަތީ ފަރާތުގައި އެވެ. އާޒިމް ވިދާޅުވީ ރާއްޖޭގެ ސަރަހައްދަށް އެ ބޯޓު ވަނުމުގެ ހުއްދަ ދިނީ ކަމާ ބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމުން ކަމަށެވެ.

އެ ބޯޓުގައި 25 ފަޅުވެރިން ތިއްބެވެ. ޑޮމީނިކަން ރިޕަބްލިކްގައި ރެޖިސްޓްރީކޮށްގެން މި ޓަގު ބޯޓު ދުއްވަނީ އިންޑިއާގެ ކުންފުންޏެކެވެ.

މި ޓަގު ބޯޓަށް މޫސުން ރަނގަޅު ވަންދެން ރާއްޖޭގައި އޮތުމުގެ ހުއްދަ ވަނީ ދީފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް