ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މިއަދު މި ގެނެސްދެނީ ދިވެހީންގެ މެދުގައި މަގްބޫލު، އަދި މަޝްހޫރު ރެސްޓޯރެންޓެއް ކަމުގައިވާ ޑޮލްފިން ވިއު ކެފޭ އެވެ.
ޑޮލްފިން ކެފޭއިން މި ވަނީ މި ރަމަޟާން މަހަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފަ އެވެ. ރޯދަ ވީއްލުމަށް ހާއްސަ އަގެއްގައި ހާއްސަ މެނޫއެއް އެކުލަވާލާފަ އެވެ. ހަތަރު ސެޓް މެނޫއެއް އެކުލަވާލާފައިވާއިރު ހުކުރު ދުވަހަށް ހާއްސަ މެނޫއެއް އެކުލަވާލާފައި ވެ އެވެ.
މެނޫއަށް ނަޒަރު ހިންގާލާއިރު ބާމި ގޮރެންގް، ޕެޕަރ ބީފް، ބަޓަރ ޗިކަން މަސާލާ، ދޮން ރިހަ، ތައި ފިޝް ކަރީ، ޑޮލްފިން ސްޕެޝަލް ނޫޑްލްސް އަދި ޖިންޖަރ ފިޝް ހިމެނެ އެވެ. މީގެ އިތުރުން ތަފާތު ބުއިންތަކާއި ތަފާތު ސެލެޑްތައް ހިމަނާފައި ވެ އެވެ.
އަގަކީ ބޮލަކަށް 180 ރުފިޔާ އެވެ. ދިހަ މީހުންގެ ގްރޫޕެއް ނަމަ އެކަކަށް ޗާޖް ނުކުރާނެ އެވެ. ރިޒަވޭޝަން ހެއްދެވުމަށް ގުޅުއްވާނީ 7352585 އަށެެވެ.
ދުވަހުގެ ކިޔުންތެރިންނަށް އޮތް އުފާވެރި ހަބަރަކީ ޑޮލްފިން ވިއު ކެފޭއިން ދެ މީހަކަށް ރޯދަ ވީއްލުން މުޅިން ހިލޭ ލިބޭ ކަމެވެ. އެންމެ ފުރަތަމަ ދުވަސް.އެމްވީގެ ފޭސްބުކް ޕޭޖް ލައިކްކޮށްލާށެވެ. އަދި މި އާޓިކަލް ފޭސްބުކްގައި ޝެއާކޮށްލާށެވެ. އޭރުން ފޭސްބުކް ޕޭޖް ލައިކްކޮށް މި އާޓިކަލް ޝެއާކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް ޑޮލްފިން ވިއު ކެފޭއިން ދެ މީހަކަށް ރޯދަ ވީއްލުން މުޅިން ހިލޭ ލިބޭނެއެވެ.
ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި ބައިވެރިވުމުގެ ފުރުސަތު މާލެއާއި އަތޮޅުތެރޭގެ ރެސްޓޯރެންޓް ތަކަށް ވަނީ ހުޅުވާލެވިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް