އެމެރިކާގެ ނިއު ޔޯކްގައި ހުންނަ ޓްރަމްޕް ޓަވަރު ކުރިމަތީގައި މުސްލިމުންތަކެއް ރޯދަވިއްލުމެއް މިދިޔަ ބުރާސްފަތި ދުވަހު ބާއްވައިފި އެވެ.
އެމެރިކާގެ ސަރުކާރުން އެ ޤައުމުގައި މުސްލިމުނަށް ކުރިމަތި ކުރުވަމުންދާ ފިއްތުންތަކާއި ދެކޮޅަށް ސުލްހަވެރިކާމާއެކު އަޑު އުފުލުމުގެ ގޮތުން ބޭއްވި އެ ހަރަކާތުގައި މުސްލިމުންގެ އިތުރުން އެ ޤައުމުގައި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ގިނަ ބަޔަކުވެސްވަނީ ބައިވެރިވެފަ އެވެ.
އެ އެއްވުމުގައި ބައިވެރިވިން ވަނީ ޓްރަމްޕްގެ ސަރުކާރުގެ ޙާއްޞަ އެކްޒެކްޓިވް އޮޑަރެއްގެ ދަށުން މުސްލިމުނާއި ޢަރަބިންނަށް އެމެރިކާއަށް ނުވަދެވޭގޮތައް އެކިކަހަލަ ފިއްތުންތައް ކުރިމަތިކޮށްފައިވާތީ އެކަމާއި ދެކޮޅަށް އަޑު އުފުލާފަ އެވެ.
ސުލްޙަވެރިކާއެކު ކުރިއަށް ދިޔަ އެ ރޯދަ ވީއްލުން އިންތިޒާމްކޮށްފައިވަނީ އެމް ޕަވާ ޗޭންޖާއި، ނިއު ޔޯކް ސްޓޭޓް އިމިގްރެންޓް ފަންޑާއި، މުސްލިމު އެކްޓިވްސްޓުނާއި އަދި ނިއު ޔޯކްގެ އިމިގްރެންޓް ގްރާސްރޫޓް އޯގަނައިޒޭޝަން ގުޅިގެންނެވެ.
އެ އެއްވުމުގެ ވަކި ހިސާބަކުން ޓްރަމްޕްއަށް ތާއީދުކުރާ އެމެރިކާގެ ރައްޔިތުންތަކެއް ރޯދަވިއްލުމުގެ ހަރަކާތުގައި ބައިވެރިވި ފަރާތްތަކާއި ކުރިމަތިލުމަށް މަސައްކަތްކޮށް އަޑުއުފުލި އެވެ. ނަމަވެސް އިރުއޮއްސި އެއްވެތިބި މުސްލިމުން ރޯދަވިއްލުމުގައި މަސްއޫލުވެ އުޅެންފެށުމުން ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ކުރި މުޒާހަރާ މަޑުޖެހެމުންގޮސް އެއްކޮން ފަނޑުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް