ހޯމަ ދުވަހު މޫސުން ރަނގަޅުވާން ފަށާނެ ކަމަށް ލަފާކުރެވޭ : މެޓް އޮފީސް

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ އަންނަ ހޯމަ ދުވަހުން ފެށިގެން ރަނގަޅުވާން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާގެ ޑ...

03 Jun 2017 | 03:24

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ އަންނަ ހޯމަ ދުވަހުން ފެށިގެން ރަނގަޅުވާން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާގެ ޑިރެކްޓަރު ޖެނެރަލް އަލީ ޝަރީފު ވިދާޅުވީ އަންނަ ހޯމަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް މިހާރު ލަފާ ކުރެވުނު ނަމަވެސް މޫސުން ބަދަލުވުމަކީވެސް ވެދާނެ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ހޯމަ ދުވަހުގެ ކުރިން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

މިއަދުވެސް ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ގަދަ ވަޔާއ އެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ. އެގޮތުން ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލާއި 50 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވެ އެވެ.

މިދިޔަ މަހުގެ ފަހު ކޮޅު ކުރަން ފެށި މި ވިއްސާރާއިގަ ބައެއް ރަށްރަށަށް ބޮޑެތި ގެއްލުން ވަމުން ދާއިރު ތިން ރަށަކަށް ވަނީ ނަގޫ ރޯޅި އަރާ ގެއްލުންތަކެއްވެފައި އެވެ. އަދި ކަނޑުމަތީގެ ހިތާމަވެރި ހަދިސާތަކެއްވެސް ވަނީ ހިނގާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް