އިހްޔާކުރުމުގެ ގޮތުން އެހެން އަހަރުތަކުގެ ރަމަޟާން މަހެކޭވެސް އެއްގޮތަށް މި އަހަރުގެ ރަމަޟާން މަހުގައިވެސް ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމް އޮންނާނެ ކަމަށް އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީއާއި ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓާ ގުޅިގެން ބާއްވަމުން އަންނަ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމަކީ ޓްރިވެންޑްރަމްގައި ދިރިއުޅޭ މުސްލިމުންގެ މެދުގައި ދީނީ އަގީދާ ވަރުގަދަކޮށް އަހުވަންތަކަމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ކޮންމެ ރޯދަ މަހެއްގެ ތިން ދުވަހު ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ.
ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އެ ޕްރޮގްރާމްގެ ދަށުން އެކި މައުޟޫތަކަށް ދީނީ ނަސޭހަތް ދެއްވުމަށް މާލެއިން ޝެއިހުން ޓްރިވެންޑްރަމަށް ގެންދާ ކަމަށް ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސުލް އަލީ އާދަމް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގައި އިއްޔެ ހަވީރު ބޭއްވި ޕްރޮގްރާމުގައި ދީނީ ދަރުސް ދެއްވީ ޝެއިހް ޔޫސުފް ހަސަން އެވެ. އަދި ދީނީ ނަސޭހަތް ދިން މައުޟޫއުކީ ކުށްހީތަކަކީ ފާފައެއް!" އަށެވެ.
ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގަންނަވާ މީހުންނަށް ހާއްސަ ރޯދަ ވީއްލުމެއް އޮންނާނެ ކަމަށްވެސް ރާއްޖޭގެ ކޮންސިއުލޭޓުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް