އަންހެން ކުއްޖަކަށް މާމަ ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ކުޑަ އަންހެން ކުއްޖަކަށް އެކުއްޖާގެ މާމަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކަށް 53 އަހަރުގެ...

03 Jun 2015 | 12:11

ކުޑަ އަންހެން ކުއްޖަކަށް އެކުއްޖާގެ މާމަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކަށް 53 އަހަރުގެ އަންހެނަކު ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހެޅިގެން ބަލަމުންދާ ކަމަށެވެ. އެ މައްސަލަ ހުށަހަޅަފައިވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ހދ. ކުޅުދުއްފުށިން ކަމަށް ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައާއި ގުޅިގެން އެމީހާވެސް އަދި އިތުރު މީހަކުވެސް އަދި ހައްޔަރެއް ނުކުރެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ ބައްޕަގެ މަންމަ އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދަނީ ޖެންޑާ މިނިސްޓްރީއާއި ގުޅިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް