އިމިގްރޭޝަންގެ ހިދުމަތްތައް އައިއެސްއޯ 9001 ގެ މިންގަޑަށް ފައްތަނީ

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންނުން ދޫކުރާ ޓްރެވެލް ޑޮކިއުމެންޓްތައް ދޫކުރުމުގެ މަސައްކަތް އައިއެސްއޯ 9001- 2008 މިންގަނޑަށް ފެއްތުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް މިއަދު ބަ...

03 Jun 2015 | 10:16

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންނުން ދޫކުރާ ޓްރެވެލް ޑޮކިއުމެންޓްތައް ދޫކުރުމުގެ މަސައްކަތް އައިއެސްއޯ 9001- 2008 މިންގަނޑަށް ފެއްތުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.

އިމިގްރޭޝަންގެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމަސައްކަތް ހަވާލުކުރީ މެޑިކްއިޕް ޕްރައިވެޓް ލިމިޓެޑާއިއ ެވެ.

މި އެއްބަސްވުމުގައި އިމގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުޙައްމަދު އަންވަރެވެ. މެޑިކްއިޕްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު މުޙައްމަދު މުފީދެވެ.

އިންޓަނޭޝަނަލް ސްޓޭންޑާޑް އޯގަނައިޒޭޝަން ( އައިއެސްއޯ)ގެ 9001:2008 ސްޓޭންޑާޑަކީ ހިދުމަތުގެ ފެންވަރުގެ މިންގަނޑުތަކެކެވެ. އައިއެސްއޯ 9001:2008 ސެޓްފިކެޓް ލިބެނީ ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުންވާ މިންވަރަށް ހިދުމަތް ދެވޭތޯ ބަލައި، އިދާރީ އަދި ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ފުރިހަމަ ކޮށްގެންނެވެ.

އިމިގްރޭޝަންގެ މަސައްކަތްތައް އައި.އެސް.އޯ މިންގަނޑަށް ފައްތައި، އެކަމުގެ ސެޓްފިކެޓް ހޯދައިދިނުމުގެ މަސައްކަތް މެޑިކްއިޕް އިން ކުރާނީ އިންޑިއާގެ ލަކްޝީ މެނޭޖްމަންޓް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާއި ގުޅިގެން ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މެޑިކްއިޕް ޕްރައިވެޓް ލިމިޓެޑަކީ ރާއްޖޭގެ ގިނަ ކުންފުނިތަކައި ރިޒޯޓްތަކަށް އައި.އެސް.އޯ ސެޓްފިކެޓް ހޯދުމުގެ މަސައްކަތް ކޮށްދީފައިވާ ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް