14 އަހަރުގެ އަންހެންކުއްޖާއާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގާ ހަވަނަ މީހަކު ހައްޔަރުކޮށްފި

ތަފާތު އެކި ދުވަސްމަތިން 14 އަހަރުގެ އަންހެންކުއްޖަކާ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގި މައްސަލާގައި އިތުރު މީހަކު އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ ނިމިދިޔަ މެ...

03 Jun 2015 | 06:24

ތަފާތު އެކި ދުވަސްމަތިން 14 އަހަރުގެ އަންހެންކުއްޖަކާ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގި މައްސަލާގައި އިތުރު މީހަކު އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ނިމިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު އައްޑޫ ސިޓީ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުން އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަން އަށް ހުށަހެޅި މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު 17:00 ހާއިރު ހައްޔަރު ކޮށްފައި ވަނީ 71 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އިއްޔެ ހައްޔަރު މީހާގެ އިތުރުން މިހާތަނަށް މި މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 81 އަހަރުގެ ފިރިހެނަކާއި 77 އަހަރުގެ ފިރިހެނަކާއި 56 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައިވާއިރު މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަޙުޤީޤު ކުރިޔަށް ގެންދަން މިއިން ކޮންމެ މީހަކަށްވެސް 15 ދުވަހުގެ ބަންދުގެ މުއްދަތު ފޭދޫ މެޖިސްޓްރޭޓް ކޯޓުން ދީފައިވާކަމަށް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށް ބުނީ 14 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި އަންހެންކުއްޖާގެ ޢާއިލާގެ ބައެއް މެމްބަރުންވެސް ހިމެނޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް