މި އަހަރުގެ މާރިޗް މަހު މާލެ ސަރަހައްދުގައި 56 ވަރި ކޮށްދީފައިވާކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
ފެމިލީ ކޯޓުން މިކަން ހާމަކޮށްފައިވަނީ އެ ކޯޓުން ނެރެފައިވާ މާރިޗް މަހުގެ ތަފާސްހިސާބުގައެވެ.
އެ ތަފާސްހިސާބުގައި ފާހަގަކޮށްފައިވާގޮތުގައި މާރިޗް މަހު މާލެ ސަރަހައްދުގައި 83 ކައިވެނި ކޮށްދީފައިވެއެވެ. 56 ވަރި ކޮށްދީފައިވެއެވެ.
ފެމިލީ ކޯޓުން ހާމަކުރި އެ ތަފާސްހިސާބުތަކަށް ބަލާއިރު މާރިޗް މަހު އާއިލީ 11 މައްސަލަ ހުށަހެޅި 10 މައްސަލަ ނިންމާފައިވާކަމަށާއި ގެވެށި އަނިޔާގެ 10 މައްސަލަ ހުށަހެޅި 12 މައްސަލަ ނިންމާފައިވާކަމަށާއި (ކުރީގެ މަސްތަކުގެ މައްސަލަތައްވެސް ހިމެނޭހެން) ޚަރަދުގެ އަށް މައްސަލަ ހުށަހެޅި ހަ މައްސަލަ ނިންމާފައިވާކަމަށާއި ކުދިންނާއި ގުޅުންހުރި އަށް މައްސަލަ ހުށަހެޅި ހަ މައްސަލަ ނިންމާފައިވާކަމަށާއި އަދި ވަރީގެ 74 މައްސަލަ ހުށަހެޅި 75 މައްސަލަ ނިންމާފައިވާކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް