ދިރާގު ފުވައްމުލަކު ރަން 2025 ވަނީ ފުވައްމުލަކު ސިޓީގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގްބޫލް ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގެ އެޑިޝަނެއް އަތޮޅުތެރޭގައި އަދި މި ހާއްސަ މަންޒިލުގައި ބޭއްވި ފުރަތަމަ ފަހަރެވެ.
2 މެއި 2025 ވީ ހުކުރު ދުވަހު ބޭއްވި މި ދުވުމަކީ ފުވައްމުލަކު ސިޓީ ކައުންސިލް، ފުވައްމުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، އަދި ދިވެހިރާއްޖޭގެ އެތްލެޓިކްސް އެސޯސިއޭޝަންއާ ގުޅިގެން އިންތިޒާމުކޮށްފައިވާ ދުވުމެކެވެ. މި ދުވުމުގެ މަގުސަދަކީ، ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކޮށް ދިވެހި ދުވުންތެރިންނަށް އިތުރު ފުރުސަތުތަކެއް ފަހި ކޮށްދިނުމެވެ.
މި ތާރީހީ ދުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1112 ދުވުންތެރިން ވަނީ ބައިވެރިވެފައެވެ. މި ދުވުމުގައި ހިމެނުނު ކެޓަގަރީތަކުގެ ތެރޭގައި 5 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި ހާފް މެރެތަން ހިމެނެއެވެ.
ޑީ.އެމް.އާރ.އާރ އާ އެއްފަދައިން، ދިރާގު ފުވައްމުލައް ރަން ގައި ބައިވެރިވެ އެކިއެކި ވަނަތައް ހޯދި ދުވުންތެރިންނަށް ޖުމްލަ 232،000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ވަނީ ހަވާލުކޮށްފައެވެ.
ދިރާގު ފުވައްމުލަކު ރަން 2025ގެ ވަނަވަނައަށް ގޮސްފައިވާ ދުވުންތެރިންނަކީ:
ހާފް މެރަތަން - ފިރިހެން
- ޝިފާޒު މުޙައްމަދު - ޗެމްޕިއަން
- ހުސައިން ފަޒީލް - ރަނަރ-އަޕް
- ކިރަން ސިންގް ބޮގަޓީ - 2 ވަނަ ރަނަރ-އަޕް
ހާފް މެރަތަން - އަންހެން
- އައިޝަތު ޖިނާނީ އިބްރާހީމް - ޗެމްޕިއަން
- ޝަޒްނާ މުހައްމަދު - ރަނަރ-އަޕް
- ހުސްނާ މުހައްމަދު - 2 ވަނަ ރަނަރ-އަޕް
10 ކިލޯމީޓަރ - ފިރިހެން
- މުހައްމަދު އިރުފާން - ޗެމްޕިއަން
- މުހައްމަދު ރަޝީދު - ރަނަރ-އަޕް
- އަބްދުﷲ ރަޝީދު - 2 ވަނަ ރަނަރ-އަޕް
10 ކިލޯމީޓަރ - އަންހެން
- ނިޒްމީނާ އަހްމަދު - ޗެމްޕިއަން
- އަނާން އަހްމަދު ރަޝީދު - ރަނަރ-އަޕް
- އާމިނަތު ނައުފާ ރަޝީދު - 2 ވަނަ ރަނަރ-އަޕް
5 ކިލޯމީޓަރ އޯޕަން - ފިރިހެން
- ސައިން ފަޟީލް - ޗެމްޕިއަން
- ޔޫސުފް އިބްރާހީމް - ރަނަރ-އަޕް
- ކިރަން ސިންގް ބޮގަޓީ - 2 ވަނަ ރަނަރ-އަޕް
5 ކިލޯމީޓަރ އޯޕަން - އަންހެން
- ނިޒްމީނާ އަހްމަދު - ޗެމްޕިއަން
- ފާތިމަތު ހަސްނާ - ރަނަރ-އަޕް
- ހުސްނާ މުހައްމަދު - 2 ވަނަ ރަނަރ-އަޕް
5 ކޭ ސްކޫލް 13 އަހަރުން މަތި - ފިރިހެން
- އަހްމަދު ރޫނީ މުހައްމަދު - ޗެމްޕިއަން
- އަހްމަދު ޖޫދު މުހައްމަދު - ރަނަރ-އަޕް
- މުހައްމަދު ޝުއައިބު އަބްދުﷲ - 2 ވަނަ ރަނަރ-އަޕް
5 ކިލޯމީޓަރ ސްކޫލް 13 އަހަރުން މަތި - އަންހެން
- ދުއާ އަހްމަދު ވަސީމް - ޗެމްޕިއަން
- ނީމް އިބްރާހީމް އަހްސަން - ރަނަރ-އަޕް
- އާއިޝަތު އަމްޝީ އަހްމަދު - 2 ވަނަ ރަނަރ-އަޕް
5 ކިލޯމީޓަރ ސްކޫލް 13 އަހަރުން ދަށް - ފިރިހެން
- އާހިލް އިބްރާހީމް މޫސާ - ޗެމްޕިއަން
- ޔޫސުފް އާކިލް އާމިރު - ރަނަރ-އަޕް
- މުހައްމަދު އާލް ހަސަން - 2 ވަނަ ރަނަރ-އަޕް
5 ކިލޯމީޓަރ ސްކޫލް 13 އަހަރުން ދަށް - އަންހެން
- އާމިނަތު ރައޫމް އަހްމަދު ހަބީބު - ޗެމްޕިއަން
- މަރްޔަމް ޔުއީން އަބްދުﷲ - ރަނަރ-އަޕް
- އާމިނަތު ޝާޔަން - 2 ވަނަ ރަނަރ-އަޕް
'ދިރާގު މޯލްޑިވްސް ރޯޑް ރޭސް' އަކީ ވޯރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަރނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.
މި ދުވުން މާލޭގެ އިތުރުން ފުވައްމުލަކުގައި ބާއްވައި، ޑީ.އެމް.އެމް.އާރ ފުޅާ ކުރުމަކީ ދުޅަހެޔޮ، ހީވާގި މުޖުތަމައެއް ބިނާކުރުމަށް އަދި ދިވެހިރާއްޖޭގެ ރީތިކަމަށް ދުނިޔޭގެ ސަމާލުކަން ހޯދައި، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދިރާގުން އިސްނަގައިގެން ކުރަމުންދާ ބުރަ މަސައްކަތް ދައްކުވައިދޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް