މިއަދު ހިނގި ހިތާމަވެރި ހާދިސާއެއްގައި ބިދޭސީއަކު ދުނިޔެދޫކޮށްފި

ހުޅުމާލޭގައި މިއަދު ހިނގި ހިތާމަވެރި ހާދިސާއެއްގައި ބިދޭސީއަކު ދުނިޔެ ދޫކޮށްފިއެވެ. ދުނިޔެ ދޫކޮށްފައިވަނީ އުމުރުން 30 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. ފުލުހުން މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވާގ...

03 May 2024 | 09:06

ހުޅުމާލޭގައި މިއަދު ހިނގި ހިތާމަވެރި ހާދިސާއެއްގައި ބިދޭސީއަކު ދުނިޔެ ދޫކޮށްފިއެވެ.

ދުނިޔެ ދޫކޮށްފައިވަނީ އުމުރުން 30 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވާގޮތުގައި ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަކަމުގެ ރިޕޯޓު އެ މުއައްސަސާއަށް ލިބުނީ މިއަދު 10:39 ހާއިރުގައެވެ.

މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިބވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ބިދޭސީ އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް