ފުނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަވަހާރަކޮށްލަން ސިހުރު ހެދިކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 20 ވަނަ މަޖިލީހަށް ފުނަދޫ ދާއިރާގެ ގޮނޑި ކަށަވަރު ކުރެއްވި އިންތިޚާބީ މެންބަރު މުހައްމަދު މަމްދޫހް (މަންޑޭ) އަވަހާރަކޮށްލަން ސިހުރު ހެދިކަމުގެ ތުހުމަތުގައި ދިވެއ...

03 May 2024 | 06:51

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 20 ވަނަ މަޖިލީހަށް ފުނަދޫ ދާއިރާގެ ގޮނޑި ކަށަވަރު ކުރެއްވި އިންތިޚާބީ މެންބަރު މުހައްމަދު މަމްދޫހް (މަންޑޭ) އަވަހާރަކޮށްލަން ސިހުރު ހެދިކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ދެންމެ ވިދާޅުވީ ށ. ފުނަދޫގައި ސިހުރު ހެދިކަމަށް ތުހުމަތުކުރެވޭ 60 އަހަރުގެ ދިވެހި ފިރިހެނަކު މިއަދުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

މި މައްސަލައިގާ އެ ރަށުގެ އާއްމު މަސްރަހު ގޯސްވެފައިވާއިރު މި މައްސަލައިގާ އެ ރަށުގައި މަންޑޭއަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ މުޒާހަރާވެސް ކުރަމުންނެވެ.

އެ ރަށުން ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުނި ގޮތުގައި ސިހުރު ހަދާފައި ހުރީ މޮހޮރު ތަކެއް ޖަހައިގެން އެ ރަށުގެ ބައެއް ގަސް ގަހަށެވެ. އަދި ރައްޔިތުންގެ ކުރިމަތީގައި އެމީހާ، ސިހުރު ހެދިކަމަށް އެއްބަސްވެފައިވާކަމަށްވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

މި މައްސަލައިގާ ރަށުގައި މުޒާހަރާ ކުރަމުންއަންނައިރު މުޒާހަރާގެ ބައިވެރިން މުޒާހަރާ ކުރަނީ އެ ރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހިމް ފުޅާއި ދެކޮޅަށެވެ. އެ ރައްޔިތުން އަދި މަންޑޭގެ ސަޕޯޓަރުން ބުނަނީ ސިހުރު ހެދި މީހާ އެ ރަށަށް ދިޔައީ އިބްރާހިމްފުޅުގެ ދައުވަތަކަށްކަންވެސް ރައްޔިތުންގެ ކުރިމަތީގައި އެއްބަސްވި ކަމަށާއި އަދި އެ ސިހުރުވެރިޔާ ހުރީވެސް އިބްރާހިމްފުޅާއި ގާތް މީހެއްގެ ގޭގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް